ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް މީހުން ގެންނަނީ ގައުމުގެ ޝަހުސިއްޔަތު ދައްކާލުމުގެ ބޭނުމުގައި: ޑރ. ޝަހީދު
10:00ގުއަންޓަނާމޯބޭ ޖަލުން ރާއްޖެއަށް މީހުން ގެންނަނީ ގައުމުގެ ޝަހުސިއްޔަތު ދައްކާލުމުގެ ބޭނުމުގައި ކަމަށް ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޝަހީދު ވިދާޅުވީ، ސަރުކާރުން އެކަން ކުރުމުގެ އަނެއް ސަބަބަކީ، ބޭރުގައުމުތަކުގެ ރަހްމަތްތެރިކަން ރާއްޖެއަށް ހޯދުން ކަމަށެވެ. އަދި ގުއަންޓަނާމޯބޭ ޖަލުން ރާއްޖެ ގެންނަނީ، ތަބްލީޣީ ޖަމާއާތުގެ މީހެއް ކަމަށާއި، އެމީހުންނަކީ ދީނަށް ގޮވާލުމުގައި މުޅި ދުނިޔޭގައި ދަތުރުކުރާ ބައެއް ކަމަށް ވެސް ޑރ،ޝަހީދު ވިދާޅުވި އެވެ. އަދި އެމީހުން ރާއްޖެ ގެނައުމުން، ނަމާދު ކުރުމަށާއި، ރޯދަ ހިފުމަށް މީހުންގެ ކިބައިން އެދޭނެ ކަމަށާއި، އެމީހުންނަކީ އެއްވެސް ކަހަލަ ސިޔާސީ ވާހަކަ ދައްކާނެ ބައެއް ނޫން ކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވި އެވެ. އަދި އެމީހުން ގެންނާނީ އެއްވެސް ކަހަލަ ކުށެއްކޮށްފައިނުވާ ބައެއްތޯ ބެލުމަށްފަހުގައި ކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ