ޤުރުއާން މުބާރާތް ހުޅުވުމާއި “ރިޔާޟުއްޞާލިހީން”ގެ ދިވެހި ތަރުޖަމާ ނެރުމަށް ބާއްވާ ޖަލްސާ މިއަދު ހަވީރު
މިއަހަރުގެ ގައުމީ ޤުރުއާން މުބާރާތް ހުޅުވުމާއި “ރިޔާޟުއްޞާލިހީން” ފޮތުގެ ދިވެހި ތަރުޖަމާ ނެރުމަށް ޚާއްޞަ ޖަލްސާއެއް މިއަދު ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.އެމިނިސްޓްރީގެ އޮފިޝަލަކު “ދިއިސްލާމް” އަށް މަޢުލޫމާތު ދެއްވި ގޮތުގައި މިޖަލްސާ ބޭއްވުމަށް ރާވާފައިވަނީ މިއަދު ހަވީރު 16:15 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިރަސްމިއްޔާތުގައި “ރިޔާޟުއްޞާލިހީން” ފޮތުގެ ދިވެހި ތަރުޖަމާގެ އަޞްލު އަގަށްވުރެ ހެޔޮކޮށް ލިބެން ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.“ރިޔާޟުއްޞާލިޙީން” އަކީ އިސްލާމީ ޢަޤީދާއާއި އަޚްލާޤާއި ރިވެތި އަދަބުތަކުގެ މައްޗަށް އިމާމް ނަވަވީ ރަޙިމަހުﷲ ލިޔުއްވާފައިވާ ފުރިހަމަ ފޮތެކެވެ. މިފޮތް ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައިވަނީ ޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދެވެ.މިފޮތް ނެރުމުގެ ރަސްމިއްޔާތު ކުރިން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ބާއްވަން ނިންމާފައިވަނިކޮށް އެދުވަހު މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ހުރަސްއެޅުމަށް އެމްޑީޕީން މުޒާހަރާކޮށް މާލެ ތެރޭގައި ހަމަނުޖެހުންހިންގުމާއި ގުޅިގެން އެރޭގެ ރަސްމިއްޔާތު ވަނީ ކެންސަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ