މޫސުން ގޯސްވެދާނެތީ އުތުރާއި މެދުރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެދާނެތީވެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތައް ހިމެނޭހެން މޯލްޑްިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީހުން) ވައިޓް އެލާޓްއެއް ނެރެފިއެވެ. މެޓް އޮފީހުން ބުނިގޮތުގައި ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 16:30 އިން ފެށިގެން 22:00 އަށެވެ. މިވަގުތުގައި އެ ސަރަހައްދުތަކަށް ވައިގަދަވެ، ކަނދުތައްވެސް ގަދަވާނޭކަމަށް މެޓް އޮފީހުން ލަފާކުރިއެވެ. އެ ސަރަހައްދުތަކަށް ގަޑިޔަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ވައިޓް އެލާޓްއަކީ ރާއްޖޭގައި މޫސުމާއި ގުޅޭ ގޮތުން ނެރޭ އެންމެ ދަށް ލެވެލްގެ އެލާޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ