އެކްޓަރު ގުރްމީތު، ކޮވިޑަށް ފަރުވާ ދޭ ހޮސްޕިޓަލުތަކެއް ހުޅުވަނީ

މަޝްހޫރު އެކްޓަރު ގުރްމީތް ޗޯދަރީ، ކޮވިޑަށް ފަރުވާ ދޭ ހާއްސަ ހޮސްޕިޓަލްތަކެއް ހުޅުވަން ނިންމައިފިއެވެ.
ސޯޝަލް މިޑިއާ އެކައުންޓުތަކުގައި މި ވާހަކަ ހިއްސާކުރަމުން އޭނާ ބުނީ، ލަކްނައު އާއި ޕަޓްނާގައި އެއްހާސް އެނދުގެ ހޮސްޕިޓަލެއް ހުޅުވަން އޭނާ ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ސަރަހައްދު ތަކުގައިވެސް ހޮސްޕިޓަލުތައް ހުޅުވާނެ ކަމަށާއި އެކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުންޏެވެ.
ގުރްމީތު ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށެވެ. އަދި މިފަދަ ބޮޑު ނިންމުމެއް ނިންމަން އޭނާއަށް ހިތްވަރު ލިބުނީ އިންޑިއާއަށް ދިމާވެފައިވާ ކޮވިޑުގެ ދަތި ދަނޑިވަޅުގައި ރައްޔިތުންނަށް އެހީވުމުގައި ނަމޫނާ ދައްކާފައިވާ އެކްޓަރު ސޯނޫ ސޫދުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.
އިންޑިއާއަށް ކޮވިޑުގެ ނުރައްކާތެރި ދެވަނަ ރާޅެއް ބިންދާލާފައިވާ އިރު، އެ ގައުމުގެ ހޮސްޕިތަލުތައް ވަނީ ފުރިފައެވެ. އެހެންކަމުން ގުރްމީތުގެ މި ނިންމުމަށް ގިނަ ބަޔަކު ދަނީ ތަރުހީބު ދެމުންނެވެ.
އިންޑިއާގެ ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ސޯނޫ އާއި ގުރްމީތުގެ އިތުރުން، މަޝްހޫރު އެކި ތަރިން ދަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އަލިއާ ބަޓް، އަކްޝޭ ކުމާރު އަދި ސަލްމާން ހާން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ