އެމްއޭސީއެލްގެ 10 މުވައްޒަފަކު ހައްޖަށް ފޮނުވަނީ

އެމްއޭސީއެލްގެ ހައްޖު ސްޕޮންސާޝިޕަކީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުންފުނީގެ ފަރާތުން ދޭ ސްޕޮންސަޝިޕެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަހަރު ހައްޖަށް ފޮނުވާ 10 މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފި އެވެ.
އެމްއޭސީއެލްގެ ހައްޖު ސްޕޮންސާޝިޕަކީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުންފުނީގެ ފަރާތުން ދޭ ސްޕޮންސަޝިޕެކެވެ. އެ ކުންފުނިން ބުނީ ހައްޖުގެ ދަތުރަށް ޖާގައިގެ ފުރުސަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށެވެ.ހުޅުލެ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިއަހަރު ހައްޖަށް ފޮނުވުމަށް ހޮވުނު މުވައްޒަފުންނަށް ވަނީ ލިޔުން ހަވާލުކޮށްފަ އެވެ. ލިޔުން ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވަނީ މުވައްޒަފުންނަށް ހައްޖުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާފަ އެވެ. 
އޭނާ ވިދާޅުވީ ކުންފުނިން މިކަމަށް ދޭ އިސްކަން ވަރަށް ބޮޑު ކަމަށާއި ކުރިއަށް އޮތް ތަނުގައި ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެމުން އަންނަ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.އެމްއޭސީއެލް އިން ދަނީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުންފުނީގެ 10 މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވަމުންނެވެ. އަދި ކޮވިޑުގެ އާލަމީ ވަބާއާއި ގުޅިގެން މެދު ކެނޑުމަށްފަހު މިދިޔަ އަހަރުން ފެށިގެން މުވައްޒަފުންނަށް މި ފުރުސަތު އަލުންދަނީ ފޯރުކޮށްދެމުންނެވެ. މިދިޔަ އަހަރު ލިބުނީ ފަސް ފުރުސަތުކަމުން މިދިޔަ އަހަރު ފޮނުވީ ފަސް މުވައްޒަފުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ