ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާރޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ މިއަދު ހެނދުނު 6 އިން ފެށިގެން 10:00 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި 25 މޭލާއި 30 މޭލާއިދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑު ގަދާވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. 
އަދި ހުރިހާ ފަރާތްތަކުން ވެސް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށާއި ، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަލާމަތީ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ