ގައުމުގެ މިސްރާބު ބަދަލުކުރުމުގެ މަސައްކަތް ރައްޔިތުން ފަށައިފި: ގައްސާން މައުމޫނު

ގައުމުގެ މިސްރާބު ރަނގަޅު ކުރުމުގެ މަސައްކަތް ދިވެހި ރައްޔިތުން ފަށާފައިވާ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
ގައްސާން މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ އިން ގައުމުގެ މިސްރާބު ރަނގަޅު ކުރުމުގެ މަސައްކަތް ދިވެހި ރައްޔިތުން ފަށާފައިވާ ކަން ދަލީލު ކޮށްދޭ ކަމަށެވެ. އަދި ރައްޔިތުންނާއެކު އިހުލާސްތެރިކަމާއެކު ޕީޕީއެމް ސާބިތުވެ އޮންނާނެ ކަމަށް ގައްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ގައްސާން ވަނީ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ޑރ މުއިއްޒު އާއި ޕީޕީއެމްގެ ޓީމު ކުރި ހިތްވަރަށް މަރުހަބާއި ޝުކުރު އަދާކޮށްފައިވެއެވެ.
ނިމިގެންދިޔަ ވާދަވެރި ކައުންސިލް އިންތިހާބުން ޕީޕީއެމްއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ހާއްސަގޮތެއްގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގައި ލިބުނު ނާކާމިޔާބީ އަށް ފަހު ކައުންސިލް އިންތިހާބުން ޕީޕީއެމުން ބޮޑު އަގުލަބިއްޔަތެއް ލިބުމަކީ އިދިކޮޅަށް ލިބުނު އަދި ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ