މެޕްސް އިން ޓޫރިޒަމް ދާއިރާގެ ކޯސްތަކެއް ފަށަނީ

ޓޫރިޒަމް ދާއިރާއަށް ހާއްސަ ކޯސްތަކެއް އަންނަ އަހަރު ފަށާނެ ކަމަށް ރާއްޖޭގެ މެޕްސް ކޮލެޖުން ބުނެފި އެވެ.
މެޕްސް ވައިސް ރެކްޓަރު އަބްދުލް އަޒީޒް މިއަދު ވިދާޅުވީ ޓޫރިޒަމް ދާއިރާއަށް ހާއްސަ އެ ކޯސްތަކަކީ އިނގިރޭސިވިލާތުގެ ކޮންފެޑަރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ (ސީޓީއެޗް) އާގުޅިގެން ހިންގާ ކޯސްތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޖެނުއަރީ ފުރަތަމަ ހަފުތާގައި ކޯސްތައް ފަށާނެ ކަމަށާއި އޭގެތެރޭގައި ސެޓްފިކެޓް އިން ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް މެނޭޖްމަންޓާއި ހޮޓެލް މެނޭޖްމަންޓް އަދި ޓުއަރިޒަމް މެނޭޖްމަންޓްގެ ޑިޕްލޮމާ ކޯހެއް ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން ހޮޓެލް މެނޭޖްމަންޓާއި ޓުއަރިޒަމް މެނޭޖްމަންޓްގެ އެޑްވާންސް ޑިޕްލޮމާ ކޯހަކާއި ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް މެނޭޖްމަންޓްއިން ޕޯސްޓްގުރްޖުއޭޓް ޑިޕްލޮމާ ކޯހެއް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޒީޒް ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލްކުރާ އެ ކޯސްތައް ރާއްޖޭގައި ފަށަނީ ދުނިޔޭގައި ޓްރެވެލް އެންޑް ޓުއަރިޒަމް ދާއިރާގައި މަޝްހޫރު ބައެއްގެ ކޯސްތަކެއް ރާއްޖޭގައި ތައާރަފް ކުރުމަށާއި ރާއްޖޭގެ ޓުއަރިޒަމް ދާއިރާއަށް މީހުން ބިނާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ސީޓީއެޗަކީ އިނގިރޭސިވިލާތުގަ އާއި ދުނިޔޭގެ 25 ޔުނިވާސިޓީއަކުން އެންޑޯސްކޮށް ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގައި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ކޮންފަޑަރޭޝަން އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ