އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ކަރަންޓު ކަނޑައިގެން ގޮސްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއާޕޯޓުން ކަރަންޓު ކެނޑުނީ ޑޮމެސްޓިކް ޓާމިނަލުގައި ކަރަންޓް ދިނުމަށް ބޭނުންކުރަމުން ދިޔަ ސަބްސްޓޭޝަނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ރޭ ފަތިހު 5:00 ފެށިގެން ޑޮމެސްޓިކް ޓާމިނަލުން ކަރަންޓް ކެނޑުމަށްފަހު އަލުން ކަރަންޓް ލިބި އާންމު ހާލަތުގައި ހިދުމަތް ދޭން ފެށުނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
"ޑޮމެސްޓިކް ޓާމިނަލްއިން ކަރަންޓު ދިޔައީ، މައްސަލަ ހައްލު ކުރުމަށްފަހު މިހާރު ކުރިއެކޭ އެއްގޮތަށް ކަރަންޓު ދެވެމުން ދަނީ،" އޮފިޝަލް ވިދާޅުވިއެވެ.
ކަރަންޓު ކަނޑައިގެން ދިއުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސުމަށް ހަމަޖެހުނު އެއްވެސް ފްލައިޓެއް ޑިލޭވެފައެއް ނުވެއެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑުނުއިރު، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ