ހދ. ވައިކަރަދޫގެ ގިނަ ރައްޔިތުން ކަރަންޓުބިލާއި ހަވާލެއް ނުވި

ހދ.ވައިކަރަދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަރަންޓު ބިލާއި ހަވާލުވެފައިނުވާކަމަށް ސަބްސިޑީގެ މައްސަލައިގައި އެކުލަވާލާފައިވާ ސްޓިއަރިންގ ކޮމެޓީން ބުނެފިއެވެ. ގިނަ ރައްޔިތުންތަކެއް އެޕްރިލް މަހުގެ ކަރަންޓު ބިލާ ހަވާލުވެފައި ނުވާކަން ވައިކަަރަދޫ ބްރާންޗުންވެސް ވަނީ މި ނޫހަށް ކަށަވަރު ކޮށްދީފައެވެ.
ސްޓިއަރިންގ ކޮމިޓީގެ އިސް ވެރިޔާ އަލީ މުހުތާރު މިނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓަށް ބިލުކުރާ ރޭޓުތަށް ތަފާތު ކޮށްފައިވާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ރަށުގެ ގިނަ ބަޔަކު ކަރަންޓު ބިލާ ހަވާލުވެފައި ނުވަނީ ކަމަށެވެ.
މި މައްސަލައިގައި ވިޔަފާރިވެރިން އެކުލަވާލާފައިވާ ސްޓިއަރިންގ ކޮމިޓީގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށް ކަރަންޓަށް ބިލުކުރުމުގައި އާންމު ރައްޔިތުންގެ ގެތަކާއި ވިޔަފާރިކުރާ ތަންތަނަށްވެސް ބިލުކުރަމުންދާ ރޭޓުތަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ތަފާތުކަމަށް ބުނެ ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ މެދުގައި ނެގި ވޯޓަކުން އެޕްރިލް މަހުގެ ކަރަންޓު ބިލާއި ހަވާލު ނުވުމަށް ބޮޑު އަޤްލަބިއްޔަތަކުން ރައްޔިތުން މީގެ ކުރިން ނިންމާފައިވާ ކަމަށްވެސް ސްޓިއަރިންގ ކޮމިޓީގެ އިސް ވެރިޔާ އަލީ މުހުތާރު ވިދާޅުވިއެވެ.
އަލީ މުހުތާރު މިހެން ބުނެފައިވީ ނަމަވެސް، ފެނަކަ ކޯރަޕޭޝަންގެ ވައިކަރަދޫ ބްރާންޗުން އެޕްރިލް މަހު ރައްޔިތުންނަށް ފޮނުވި ބިލުތަކަކީ ހއ އިން ފެށިގެން ސ އަތޮޅާ ހިސާބަށް ބެލިޔަސް، މާލެ ފިޔަވައި ޑޮމެސްޓިކް ތަންތަނަށް ބިލު ކުރަމުންދާ އެންމެ ހެޔޮ ރޭޓުގައި ކޮށްފައިވާ ބިލްތަކެއްކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފިޝަލަކު މި ނޫހަށް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އޮފިޝަަލަކު މި ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، ވައިކަަރަދޫ ރައްޔިތުންގެ އާންމު ގެތަކަށް ފެނަކައިން އެޕްރިލް މަހުވެސް ބިލު ކޮށްފައިވަނީ އާންމުކޮށް ބިލުކުރަމުންދާ ރޭޓުންނެވެ. ފެނަކައިގެ އޮފިޝަލު ވިދާޅުވި ގޮތުގައި ވައިކަަރަދޫ ރައްޔިތުންނަށް އެޕްރިލް މަހު ކަރަންޓަށް ފެނަކައިން ބިލު ކޮށްފައިވާ ރޭޓުތަށް ތިރީގައި އެވަނީ ކަމަށެވެ.
ވައިކަރަދޫގެ ގިނަ ބަޔަކު ކަރަންޓު ބިލާއި ހަވާލުވެފައި ނުވާއިރު، މި މައްސަލައިގައި ރައްޔިތުންނަށް ޞައްޙަ މައުލޫމާތު ލިބިފައި ނުވާކަން ފެނަކައިގެ އޮފިޝަލު ފާހަގަކުރެއްވިއެވެ. އެގޮތުން ކަރަންޓު ބިލުން ފެންނަން ހުންނަ ރޭޓުތަކަކީ ސަބްސިޑީ އުނިނުކުރާއިރު، ހުންނަ ރޭޓަތަކަށް ކަމަށާއި، ސަބްސިޑީ އުނިކުރުމުން ހއ، ހދ، ށ، ގއ، ގދ، ޏ، ސ އަތޮޅުގައިވެސް ޑޮމެސްޓިކް ތަންތަނަށް ބިލުކުރަމުންދަނީ މަތީގައި އެވާ ރޭޓުތަކަށްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ