2018 ވަނަ އަހަރުގެ ކުރިން މަސްވެރިކަމުގެ ދާއިރާއިން 5 ޕައިލަޓް ޕްރޮެޖެކްޓް ކުރިއަށްގެންގޮސް އެ ޕްރޮޖެކްޓްތަކުން ނަތީޖާ ނެރޭނެ ކަމުގައި މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ ގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަރައްޤީގެ މާސްޓަރ ޕްލޭން، "މަސްޕްލޭން" އެކުލަވައިލުމުގެ މަޝްރޫޢުގެ ފުރަތަމަ ބައްދަލުވުން އިފްތިތާހުކުރުމަށް އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޒަހާ ވިދާޅުވީ މި 5 މަޝްރޫޢު ކުރިއަށްދާއިރު 5 އަހަރުގެ މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މަސައްކަތާއި ދާއިރާގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތާއި މަސްވެރިކަމާ ބެހޭ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތްވެސް ސަރުކާރުގެ ފަރާތުން ކުރަމުންދާނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ ޒަހާ ވިދާޅުވީ ޖަޕާން ހިލޭ އެހީގެ ދަށުން މަސްޕްލޭން އެކުލަވައިލުމުގެ މަސައްކަތް 2014 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ފަށާފައިވާ ކަމަށާއި މިޕްލޭން އެކުލަވާލުމުގައި ފިޝަރީސް މިނިސްޓްރީއާއި ޖައިކާގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި މިކަމާ ގުޅޭ ސަރުކާރުގެ އެހެނިހެން ވުޒާރާތައް ވެސް ބައިވެރިވާނެ ކަމަށެވެ. މީގައި ތިމާވެށްޓާއި ބެހޭ ވުޒާރާއި ސިއްހަތާ ބެހޭ ވުޒާރާއާއި ކަސްޓަމްސް ފަދަ އޮފީސްތައް ހިމެނެއެވެ.
މަސްޕްލޭން އަކީ މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ އާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި އިތުރު މަސްޢޫލުވެރިން ގުޅިގެން އެކުލަވާލާ 5 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެކެވެ. ޖައިކާގެ ފަރާތުން މި ޕްލޭން އެކުލަވާލުމަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަސްޕްލޭން އެކުލަވައިލުމުގެ މަޝްރޫޢުގެ ފުރަތަމަ ބައްދަލުވުން އިސްލާމީ މަރުކަޒުގެ ކޮންފަރެންސް ހޯލުގައި މިއަދު ކުރިއަށްދެއެވެ.
2018 ގެ ކުރިން 5 ޕައިލެޓް ޕްރޮޖެކްޓް ކުރިއަށް ގެންދާނަން - ފިޝަރީސް މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ