މާދަމާ ހެނދުނު މާލެއިން ކަރަންޓު ކަނޑާލަނީ

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު 6:30 އިން 7:30 އަށް ކަރަންޓު ކަނޑާލެވޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާދަމާ ކަރަންޓު ކަނޑަން ނިންމީ އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގައި ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށެވެ. މާދަމާ ހެނދުނު ކަރަންޓު ކަންދަން ހަމަޖެހިފައިވާ ސަރަޙައްދުތަކަކީ:- ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދު ނަސަންދުރަ ހިމެނޭ ސަރަހަދާއި، ކާނިވާ ސަރަހައްދު ގާކޮށި ފްލެޓާއި، އަރަބިއްޔާ ފްލެޓް ހިމެނޭ ސަރަހައްދު ގަޑިބުރު ސަރަހައްދާއި، މަޖީދީމަގުގެ ފިނިޕާކު ހިމެނޭ ސަރަހައްދު މާފަންނު މަދުރަސާއާއި ދުނބުރިމިސްކިތް ހުންނަ ސަރަހައްދު އެ ސަރަޙައްދުތަކުން ކަރަންޓު ކަނޑަން ހަމަޖެހިފައިވަނީ ހެނދުނު 6:30 އިން 7:30އާ ދެމެދު 10 މިނެޓުގެ ވަގުތު ކޮޅަކަށް ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަރަންޓު ކަނޑަން ޖެހުމުން އެކަމުގެ ސަބަބުން ދިމާވެދާނެ އެންމެހައި ދަތިކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ