މިސްރުގެ ރިޔާސީ އިންތިޚާބު މުސްލިމް ބްރަދަރހުޑްއިން ކާމިޔާބު ކޮށްފި
މިސްރުގެ އާ ރައީސް މުހައްމަދު މުރުސީމިސްރުގެ ރިޔާސީ އިންތިޚާބު މުސްލިމް ބްރަދަރހުޑްގެ ކެންޑިޑޭޓުން މުހައްމަދު މުރުސީ ކާމިޔާބުކޮށްފިއެވެ.މުރިސީ މި އިންތިހާބް ކާމިޔާބްކޮށްފައި ވަނީ %51.73 ވޯޓުންނެވެ. އެއީ 13.2 މިލިޔަން ވޯޓުންނެވެ. ދެވަނަނައަށް އެންމެ ކުރީގައި އުޅެނީ އަހްމަދު ޝަފީޤްއެވެ. މުރިސީ އާއި ދެކޮޅަށް 466 މައްސަލަ ހުށައެޅިފައި ވީކަމުގައި ވިޔަސް އިންތިހާބްގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ސުލްހަވެރިކޮށް ކަމަށް މިޞްރުގެ ޖަޖާސް ޕެނަލްއިން ފާރޫގް ސުލްތާން ހާމަ ކުރިއެވެ.މިޞްރުގެ ތަހްރީރް މައިދާނުގައި މުރިސީއަށް ތާއިދު ކުރާ ގިނަ ބަޔަކު ދަނީ އުފާ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ