ފަލަސްތީނުގެ ރައްޔިތުން ސީރިޔާގައިވާ އެޤައުމުގެ ރައްޔިތުންނަށް އެހީވުމަށް ބޭހާއި ކާބޯތަކެތި ފޮނުވައިފި

ފަލަސްތީނުގެ ރައްޔިތުން ސީރިޔާގައިވާ އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވެދިނުމުގެގޮތުން ކާބޯތަކެއްޗާއި ބޭސް ފޮނުވައިފިއެވެ.“މިއަދު މިތަނުން، ހުޅަނގު އައްސޭރިން، ފަލަސްތީނުގެ ބިމުން، ސީރިޔާއަށް ޤާފިލާއެއް ފުރައިފި،” މިކަމާއިބެހޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވިއެވެ.ފަލަސްތީނުގެ ކުންފުނިތަކާއި، ވިޔަފާރިވެރިންނާއި އަދި އެކިފަރުދުންގެ އެހީތެރިކަމާއި އެކު 650000 އެމެރިކާ ޑޮލަރުގެ ކާބޯތަކެއްޗާއި ބޭސް ޖަމާކުރެވިފައިވާކަމަށް ރައީސް އައްބާސް ހާމަކުރެއްވިއެވެ. ފަލަސްތީނުގެ ސަރުކާރުގެ މުވައްޒަފުންގެ 1 އިން ސައްތަ މުސާރަވެސް ވަނީ މިކަމަށް ހޭދައިކުރެވިފައިކަމަށް އިތުރަށް އެމަނިކުފާނު ވިދާޅުވިއެވެ.ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވެދޭ އދ.ގެ ޖަމްޢިއްޔާ ޔޫއެންއާރްޑަބްލިއުއޭގެ ޤަފިލާތަކާއި އެކު ފޮނުވާފައިވާ މިޤާފިލާގައި ހިމެނެނެނީ ހަނޑުލާއި، ފުށާއި، ހަކުރާއި، ތަރުކާރީގެ ބާވަތްތަކާއި، ޕާސްތާ، ޗިކްޕީސްއާއި އަދި ބޭހެވެ.މަޢުލޫމާތުލިބިފައިވާ ގޮތުގައި ސީރިޔާގައި މަދުވެގެން 620000 ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅެމުންގެންދެއެވެ. އަދި އޭގެތެރެއިން 500000 މީހުންނަކީ އދ. ގައި ރެޖިސްޓަރ ނުކޮށް އުޅެމުންގެންދާ ރެފިއުޖީންނެވެ.ސީރިޔާގެ ސަރުކާރު ސިފައިން ހިންގި ޢުދުވާނީ ހަމަލާތަކެއްގައި ބުރާސްފަތި ދުވަހު މަދުވެގެން 20 ފަލަސްތީނު ރެފިއުޖީން މަރުވެފައިވާއިރު 65 މީހަކުވަނީ ޒަޚަމްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ