މިނިވަން ދުވަހުގެ ހަފްލާތަކުން ރައީސް މައުމޫން އެކަހެރިކޮށްފައި

މިނިވަން ދުވަހުގެ ރަސްމީ އެއްވެސް ހަފްލާއަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ދައުވަތު ދެއްވާފައި ނުވާ ކަން ކަށަވަރު ވެއްޖެ އެވެ. މިނިވަން ދުވަހުގެ ރަސްމީ ހަފްލާތަކަށް ކުރީގެ ރައީސުންނަށް ދައުވަތުދެ އެވެ.
ރައީސް މައުމޫންގެ އަރިސްބޭފުޅަކު މިއަދު، "އަވަސް" އަށް ވިދާޅުވީ މީގެ ކުރިން ކޮންމެ އަހަރަކު ވެސް ރައީސް މައުމޫން އަށް މިނިވަން ދުވަހުގެ ހަފްލާތަކަށް ދައުވަތު ލިބޭ ކަމަށެވެ. އެހެން ނަމަވެސް މިއަހަރު އެފަދަ އެއްވެސް ރަސްމިއްޔާތަކަށް ސަރުކާރުން ދައުވަތު ދީފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ރައީސް މައުމޫންއަށް ހަފްލާތަކަށް ދައުވަތު ދިން ނަމަވެސް، ސަރުކާރުން އަމަލު ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެމަނިކުފާނު ވަނީ މިނިވަން ދުވަހުގެ ރަސްމިއްޔާތުތައް ބޮއިކޮޓް ކުރައްވައިފަ އެވެ. މައުމޫންއަށް ދައުވަތު ނުދިން ސަބަބާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއްލިބޭ ގޮތެއް ނުވި އެވެ.
މިނިވަން ދުވަހުގެ ހަފްލާތަކުގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުން އެވެ.
ރައީސް މައުމޫން ވަނީ ރައީސް ޔާމީންއަށް ކުރެއްވި ތާއީދު ގެންދަވާ އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ