ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ ޕީޕީއެމްއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ތަމްސީލު ކުރައްވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ޕީޕީއެމްއަށް ސޮޮއި ކުރައްވައިފި އެވެ.ރިޒާ ވިދާޅުވީ އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ އޭނާގެ ދާއިރާގެ ރައްޔިތުންނަކީ ޕީޕީއެމް ފިކުރުގެ ބައެއް ކަމަށާއި ދެން އޮންނަ ދައުރެއްގައި ވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައް ވާނީ ޕީޕީއެމްގެ ޓިކެޓްގައި ކަމަށް ރިޒާ ވިދާޅުވި އެވެ."އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަކީ އަބަދު ވެސް އެ ފިކުރުގެ ބައެއް. ކުރީގައި ޑީއާރްޕީއަށް ތާއިދު ބޮޑަށް މިހާރު ޕީޕީއެމްގެ ދާއިރާއެއް. ދާއިރާގެ ރައްޔިތުން ތާއިދު ބޮޑީ ޕީޕީއެމްގައި ކަމަށް ވާތީ އަޅުގަނޑު އެ ޕާޓީއާ މި ގުޅުނީ. އަޅުގަނޑު ބޭނުމެއް ނުވޭ ޕީޕީއެމް އަށް ސޮއިކުރާ އިރު، ބޮޑު ހަފްލާއެއް ބާއްވާކަށް،" ރިޒާ ވިދާޅުވި އެވެ.ރިޒާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އަދަދު 20 އަރާނެ އެވެ.ރިޒާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އިރު، މަޖިލީހުގެ ނައިބު ރައީސް އަދި ޕީޕަލްސް އެލަޔަންސް (ޕީއޭ) ތަމްސީލު ކުރައްވާ ހަމައެކަނި މެންބަރު އަހުމަދު ނާޒިމް ވެސް ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ ކަމަށް އޭނާ ވަނީ މީޑިއާގައި ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ