އިންތިޚާބުވި ޕާޓީ ބަދަލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު އިދިކޮޅު ފަރާތްތަކުގެ ޕްލޭން ފެއިލްވެއްޖެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިރޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއެކު އިދިކޮޅު ފަރާތްތަކުގެ ޕްލޭން ވަނީ މުޅިން ފެއިލްވެފައި ކަމަށާއި މިހާރު އެއްވެސް ހިއްވަރެއް އިދިކޮޅު ފަރާތްތަކުގެ ކިބައިގައި ނެތް ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލުމަށް ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ފާލާހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ހުށައަޅާފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޕްލޭންކޮށްފައި އޮތީ މަސީހު މަގާމުން ދުރުކުރުމަށްފަހު ޖެހިގެން އަންނަ ދުވަހު ރައީސް ޔާމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަށް ކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ރައީސް ޔާމީނާއި ޕީޕީއެމް އޮތީ ހޭލާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ސަބަބުން ކާމިޔާބު ލިބުނީ ހަމައެކަނި ޕީޕީއެމަށް ނޫން ކަމަށާއި އެ ހުކުމުގެ ސަބަބުން މުޅި ގައުމަށް ކާމިޔާބު ލިބިއްޖެ ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ އަދި އެހެން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. އަދި އެގޮނޑިއަކަށް އަލުން ޖެހޭނީ މެންބަރަކު އިންތިހާބުކުރާށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ޕްލޭންތައް ފެއިލްވެއްޖެ - ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ