މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
މާލެއިން ކަރަންޓް ކެނޑުމާއި ގުޅިގެން މިހާރު ވަނީ ބައެއް ހިދުމަތްތަކަށް ވެސް ބުރޫއަރާފަ އެެވެ.
މާލެއިން ކަރަންޓް ކެނޑުނު ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ކަރަންޓް ކެނޑުނު ސަބަބެއް އޮޅުންފިލުވުމަށް ސްޓެލްކޯގެ އިސް ބައެއް ބޭފުޅުންނަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ވެސް ނުދެއްވަ އެވެ.
މާލޭގެ އެކި ސަރަހައްދު ތަކުން ކަރަންޓް ކެނޑޭ މައްސަަލަ ހައްލުކުރަން ސްޓެލްކޯ އިން ދާދި ފަހުން ވަނީ އިތުރު ޖަނަރޭޓަރެއް ވެސް މާލެ ގެނެސްފަ އެވެ.
މާލެއިން ކަރަންޓް ކެނޑިފައި މިވަނީ ސްޓެލްކޯ އިން ހިންގާ އިންޖީނުގެތަކުގެ އިސްވެރިން މާލެ ގެނެސް މަހާސިންތާއެއް ކުރިއަށް ގެންދާ ވަގުތެއްގަ އެވެ.
    
    މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ