ސާމްޕަލް ނުދިން ދެ މީހެއްގެ ސާމްޕަލް ނަގަން ކޯޓުން އަމުރު ނެރެފި

ކޮވިޑް-19 ބަލި ހުރިތޯ ބެލުމަށް ޓެސްޓު ހެދުމަށް ސާމްޕަލް ދިނުމަށް ދެކޮޅު ހެދި ދެ މީހެއްގެ ސާމްޕަލް ނެގުމުގެ އަމުރެއް ސިވިލް ކޯޓުން ރޭ ނެރެފިއެވެ. އެގޮތުން އެކޯޓުން ބުނި ގޮތުގައި ސާމްޕަލް ދިނުމަށް އިންކާރުކުރި ދެ މީހެއްގެ ސާމްޕަލް ނެގުމުގެ އަމުރު ތަންފީޒުކުރަން ފުލުހުންގެ މައްޗަށް ދެ އަމުރެއް އެކޯޓުން ނެރެފައިވާ ކަމުގައެވެ. މީގެ ކުރިންވެސް ބައެއް މީހުން ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމުން ކޯޓުންވަނީ ސާމްޕަލް ނެގުމަށް އަމުރު ނެރެފައެވެ. ކޮވިޑް-19 ބަލި ހަންމަތަކޮށް އިތުރަށް ފެތުރުނަނުދިނުމަށް ސަރުކާރުން މިހާރު ނިންމާފައިވަނީ ބަލިޖެހިފައިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ޝައްކުކުރެވޭ މީހުން އެކަހެރިކޮށް ޓެސްޓުކުރާށެވެ. އެގޮތަށް ޓެސްޓު ހަދަންޖެހޭ ފަރާތެއް ޓެސްޓޫ ހެދުމަށް ބޭނުންވާ ސާމްޕަލް ނުދީފިނަމަ ކޯޓު އަމުރު މެދުވެރިކޮށް އެފަދަ ފަރާތެއްގެ ކިބައިން ސާމްޕަލް ނެގުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޢާންމު ޞިއްޙަތާ ބެހޭ ޤާނޫނުން ލިބިދީފައިވެއެވެ. މިހާތަނަށް ދިވެހިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު 2،000 މީހުންނަށްވުރެ އިތުރުވެފައިވެއެވެ. އަދި 1،800 އަށްވުރެ ގިނަ މީހުން ބަލިން ފަސޭހަވެ ރަނގަޅުވެފައިވެއެވެ. މިވަގުތު ފަރުވާ ހޯދަމުންދަނީ 411 މީހުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ