މާމިގިލީ ދާއިރާއިން ޖުމްހޫރީ ޕާޓީއާއި އިއްތިހާދަށް އޮތް ތާއީދު ބަދަލުކޮށްލަން ބަޔަކު ތަފާތު ގޮތްގޮތުން މަސައްކަތް ކުރިނަމަވެސް މާމިގިލީީ ދާއިރާގެ ރައްޔިތުން ދެއްކެވި ސާބިތުކަމާއި ހިތްވަރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.
ގާސިމް އިބްރާހީމް މިކަމަށް ޝުކުރު އަދާކުރެއްވީ ނުހައްގުން އިއްވި ޖަލު ހުކުމަށްފަހު ބޭސްފަރުވާއަށް އަހަރަކަށްވުރެ ގިނަދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު އާއިލީ ބޭފުޅުންނާއި މާމިގީ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެެއްވުމަށް މާމިގިއްޔަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ކެމްޕެއިނަށް މާމިގިއްޔަށް ކުރެއްވި ފުރަތަމަ ދަރުފުޅުގައިވެސް އިއްތިހާދަށް އެންމެ ގިނަ ވޯޓު ލިބޭނީ އެރަށުން ކަމަށް ވިދާޅުވި ކަމަށާއި ވޯޓުގެ ނަތީޖާ ފެނިގެން ދިޔައީވެސް ހަމައެގޮތަށް ކަމަށެވެ.
މާމިގިއްޔަކީ ރިޔާސީ އިންތިޚާބުގައި ކޯލިޝަނަށް އެންމެ މަތީ އަޣުލަބިއްޔަތެއް ލިބިގެންދިޔަ ރަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ މުވައްޒަފުންނަށް ބިރުދައްކާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އެރަށަށް ގޮސް ބޭއްވި ޖަލްސާއެއްގައި ވާހަކަދެއްކި ކަމަށެވެ. އެހެންނަމަވެސް އެވާހަކަތައް އެއްކަންފަތުން ވަދެ އަނެއްކަންފަތުން ނިކުމެގެން ދިޔައީކަން މާމިގިލީގެ ރައްޔިތުން ސާބިތުކޮށްދީފައިވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވަނީ އެމަނިކުފާނަށް ދިމާވި މުސީބާތުން ސަލާމަތްވުމަށް އެދި އެމަނިކުފާނުގެ އަޚުންނާއި އުޚުތުން ކޮށްދެއްވި ދުޢާއާއި ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ.
މާމިގީލީ ދާއިރާގެ ރައްޔިތުންނަށް ގާސިމްގެ ހިފެހެއްޓުމެއް ނެތް ޝުކުރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ