ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް
ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނާތީ މިއަދުން ފެށިގެން
މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑްކޮށްފި އެވެ.ޖޭއެސްސީން ބުނީ ގާޒީ ހަސަން ސަސްޕެންޑްކުރީ އެ މައްސަލާގައި އެ ކޮމިޝަނުން ގޮތެއް ނިންމަންދެން ކަމަށެވެ.ގާޒީ
ހަސަންއާ ބެހޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ހައި ކޯޓަށް އެންމެ ފަހުން
އައްޔަންކުރަން ދެ ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓް ދެ
ފަނޑިޔާރުން ކަމަށް އޭނާ ވިދާޅުވި ކަމަށް ބުނާ މައްސަލައެކެވެ. އެ
މައްސަލާގައި އިއްޔެ އޭނާ ވަނީ ޖޭއެސްސީ އަށް ހާޒިރުކޮށްފަ އެވެ.އެނގިފައިވާ ގޮތުގައި އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ.ގާޒީ
ހަސަން ސަސްޕެންޑްކޮށްފައިވާއިރު ކްރިމިނަލް ކޯޓުގެ އިސްގާޒީ އަކަށް
ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) މިދިޔަ ހަފުތާގައި ވަނީ ފެމިލީ ކޯޓަށް
ބަދަލުކޮށްފަ އެވެ. ޖޭއެސްސީގެ ނިންމުމާ އެއްގޮތަށް އަބްދުﷲ ގާޒީ މިހާރު
ވަނީ ފެމިލީ ކޯޓަށް ނުކުންނަވަން ފައްޓަވައިފަ އެވެ.އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކޮށްފައިވާއިރު ކްރިމިނަލް ކޯޓު މިހާރު ހިންގަވަނީ އެ ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ