ގާނޫނު އަސާސީ ޚިލާފަށް ރައީސް ޔާމިންގެ ސަރުކާރުން ވަގަށް ނަގާ ރަހީނުކޮށްފައިވާ ގާސިމް އިބްރާހީމް ވަގުތުން މިނިވަން ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފިއެވެ.
ގާސިމް މިނިވަންކުރުމަށް މާފުށީ ޖަލުގެ ޔުނިޓް 10ގައި ހުންނަވައިގެން މެންބަރު މަހުލޫފް މިއަދު ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާސިމް ހައްޔަރުކުރުމުގެ ގައިރު ގާނޫނީ އަމަލު ހިންގި ކަމުގެ ދައުވާ ރައީސް ޔާމިނާއި، ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފްގެ އިތުރަށް ހައްޔަރުކުރުމުގެ އަމުރު ނެރެ މުއްދަތު ޖެހި ފަނޑިޔާރާއި، ހައްޔަރު ކުރަން އަމުރު ކުރި ފުލުހުން އަދި ހައްޔަރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފުލުހުންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ޓެރެރިޒަމްގެ ދައުވާ ކުރެވޭނެކަން އެއީ ފެންނަން އޮތް ހަގީގަތްކަމަށެވެ.
"އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލާ، ބިރު ދައްކާ އަދި ކުރަމުންދާ ގޯނާ އާއި ދުއްތުރާއިން ހާމަކޮށްދެނީ މި ސަރުކާރު ބަލިކަށިވެ، ވީރާނާވެ އަދި ހުލިވަމުންދާ ކަމެވެ. ﷲގެ އިރާދަފުޅާއެކު މިހަރަކާތް ދާނީ ދުވަހެއް ދުވަހަކަށް ވަރުގަދަވެ ބޮޑުވަމުންނެވެ. ރައްޔިތުންނާ އެކު އަޅުގަނޑުމެން މި ކުރާ މަސައްކަތް ނިންމާނީ ﷲގެ އިރާދަފުޅާއެކު ހުދުމުހުތާރު ރައީސްގެ ވެރިކަން ބަދަލުކުރުމަށް ފަހުއެވެ." މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ގާސިމް އިބްރާހީމް ވަގަށް ނެގުމުން ސާބިތު ކޮށްދެނީ މަޖިލީހުގެ ރައީސް މަސީހު މަގާމުން ދުރުކުރުމަށް ނެގި ވޯޓުގައި ސަރުކާރު ބައިވެރިވި ކަންކަމަށެވެ. އަދި އެކަމުން ދޭހަވަނީ އިދިކޮޅު އިއްތިހާދު އުފެދުމުން ރައީސް ޔާމިން ބިރުފުޅު ގަނެފައިވާ މިންވަރުކަމަށެވެ.
"ރައީސް ޔާމިންގެ ވެރިކަން ނިންމުމުގެ ސިއްކަ ޖެހުމަށް މެއި މަހުގެ 6 ވަނަ ދުވަހު ހަމަ އެންމެ ބޭފުޅަކު ވެސް ގޭގައި ނުއިންނަވާ، އިދިކޮޅު ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަކީ ގައުމީ ވާޖިބެއް ކަމުގައި ހައްދަވާށެވެ. 2013 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ނަޝީދަށް ވޯޓު ދެއްވި %49 ރައްޔިތުންނާއި، ގާސިމް އިބްރާހީމް އަށް ވޯޓު ދެއްވި %25 ރައްޔިތުންނާއި، އަދި ރައީސް މައުމޫން އާއި އަދާލަތު ޕާޓީގެ ސަޕޯޓަރުންގެ ތާއީދާއެކު %90 އާއި ގާތްކުރާ ނަތީޖާއަކުން މި އިންތިޚާބު ކާމިޔާބުވުމުގެ ކުލަވަރު މި ދަނީ ފެންނަމުންނެވެ." މަހުލޫފްގެ ބަޔާން ނިންމަވާއްވަމުން ވިދާޅުވިއެވެ.
ގާސިމް ވަގަށްނެގި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލޭނެ: މަހުލޫފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ