ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެނގުމަށް ތައްޔާރުވާއިރު ރައީސް މަސީހް އާއެކު ތިމަރަފުށީގެ ކައުންސިލާއި ތިމަރަފުށިގެ ރައްޔިތުން އެބަތިބި ކަމަށް ތިމަރަފުށީގެ ކައުންސިލުން ބުނެފިއެވެ.
ތިމަރަފުށީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެނގުމަށް ހަމަޖެހުނީ، ރައީސް ޔާމިން އަދި ޕީޕީއެމް ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކުރައްވަމުންދާ އިޚްލާސްތެރި މަަސައްކަތްތައް ފެނި ހަޖަމް ނުވާތީ ކަމަށެވެ.
"މަޖިލިސް ރައީސްގެ ފަހަތުގައި ތިމަރަފުށީ ރައްޔިތުން ތިބިކަން ހާމަކުރަން" އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ވަނީ، ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާއިމެދު ޕީޕީއެމް އަދި ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕުއިން ނަގާފައިވާ "ސްޓޭންޑް" އަށް އިޚްތިރާމްކޮށް މަސީހުގެ އިތުބާރި އޮތް ކަމަށް ވޯޓުލަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއަށް ގޮވާލާފައެވެ.
ތިމަރަފުށީގެ ދާއިރާގެ މެމްބަރު ސަރުކާރާ އިދިކޮޅަށް ވޯޓު ދެއްވައިފިނަމަ ތިމަރަފުށީ ކައުންސިލިން މުސްތަފާ ބަލައިނުގަންނާނެ ކަމަށްވެސް އެ ބަޔާޏުގައި ބުނެފައި ވެއެވެ.
މިއަދު ހެނދުނު ބޭއްވުނު ޖަލްސާގައި ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުށައަޅާފައިވާއިރު މެމްބަރުންވަނީ ބަހުސް ކުރައްވާފައެވެ. އަދި ރައްދުދިނުމުގެ ގޮތުން ރައީސް މަސީހް ވަނީ 10 މިނެޓް ވާހަކަ ދައްކަވާފައެވެ.
މިއަދުގެ ވޯޓު ފުރިހަމަ އަޣުލަބިއްޔަތު ކާމިޔާބު ކުރާނެ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންއިން ބުނެފައިވާއިރު އިދިކޮޅު ފަރާތްތަކުން ވަނީ އެއްގަލަކަށް އަރާފައެެވެ، އަދި ވޯޓު ކާމިޔާބު ވާވަރަށް ވޯޓު ހަމަވެފައިވާ ކަމަށްވެސް މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
މަސީހުގެ ފަހަތުގައި ތިމަރަފުށީގެ ކައުންސިލާއި ރައްޔިތުން އެބަތިބި - ތިމަރަފުށީ ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ