އައްޑޫގެ ގޭބިސީތަކުން ކުނި ނެގުމުގެ ކަންކަން ކުރިއަށް ގެންދަން ނިންމާފައިވާ ގޮތް ސާފު ނުވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.ކުނީގެ މައްސަލަ އިންތިހާ އަށް ބޮޑު އަދި ކުނި މެނޭޖް ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމު ކުރެވިފައި ނެތް އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި އުފެދޭ ކުނި ނެގުމުގެ ހިދުމަތް ދެމުން ގެންދިޔަ ކުންފުނި ސަދަން މޯލްޑިވްސްގެ ކޮންޓްރެކްޓް މި މަހުގެ 10 އަށް ވަނީ ހަމަވެފަ އެވެ.އެހެންވެ މިކަމާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަވަށްތަކުގެ ގޭބިސީތަކުން ކުނި ނަގައި، އެ ކުނި ކުނިކޮއްޓަށް ޖަމާ ކުރާނީ ސީދާ އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް ބުނެ އެކަން އިއުލާންކޮށްފައިވެ އެވެ. ހިދުމަތް ދޭނެ އަގުތައް ވެސް އިއުލާންކޮށް، އަވަށު އޮފީސްތަކުން ހިދުމަތަށް ރަޖިސްޓްރީ ކުރަން އެދޭ ފޯމް ވެސް ލިބޭނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. އެހެން ނަމަވެސް އެެ ދުވަހަށް ކައުންސިލަށް ވާން ޖެހޭ ތައްޔާރީތައް ވެވޭ ގޮތެއް ނުވި އެވެ. ރަޖިސްޓްރޭޝަން ވެސް ކުރިއަކަށް ނުދެ އެވެ. ކުރިން އިއުލާން ކުރި އަގުތަކަށް ބަދަލުތަކެއް އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.ކައުންސިލުން ކުނީގެ ހިދުމަތަށް އަގު ނަގަން ކަނޑައަޅާފައިވާ ގޮތް: މި އަގުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވެސް ކައުންސިލުން ބުނޭ. މި މަސައްކަތަށް ބޭނުންވާ ބިދޭސީން ހޯދަން އިއުލާން ކުރުމުގެ ގޮތުން ކައުންސިލުން އަންގާ ގޮތަަކަށް އަވަށްތަކުން ކުނި ނަގައި ދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމުން އެކަމަށް ވެސް މިހާތަނަށް އެކަށީގެންވާ އިޖާބައެއް ލިބިފައެއް ނުވެ އެވެ. އެހެންވެ ކައުންސިލުން ކުރިން ނިންމި ގޮތަށް މި މަހުގެ 11 ވަނަ ދުވަހު އެ މަސައްކަތް ފެށޭ ގޮތް ނުވެ، އާންމު ރައްޔިތުންނަށް މިހާރު ވަނީ ކުނީގެ މައްސަލަ ބޮޑު ކަމަކަށްވެފަ އެވެ.ސަދަން މޯލްޑިވްސް އިން އަވަށްތަކުން ކުނި ނަގަނީ ހަފުތާގެ އެކި ދުވަސްތަކުގައި އެކި ސަރަހައްދުތަކުންނެވެ. އެހެން ނަމަވެސް ކުރިން ކުނި ނަގަން އަންނަ ތާވަލާ އެއްގޮތަށް ކުނި ނަގަން ނުދާތީ ބައެެއް ގޭބިސީތަކުގައި ވަނީ ކުނީގެ މައްސަލަ ބޮޑުވެފަ އެވެ."މި ގެއަށް ކުނި ނަގަން އަންނަނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު. އެކަމަކު މި ނިމުނު ހަފުތާގައި ކުނި ނަގާކަށް ނާދޭ،" ފޭދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "މިހާރު ވާނުވާއެއް އަހަރަމެންނަކަށް ނޭނގޭ. ކުނި ނަގަން އެ މީހުން ނާންނަނީ ކީއްވެތޯ އެހީމަ ބުނަނީ މި ހަފުތާގެ ބުދަ ދުވަހު އަންނާނަމޭ."އޭނާ ބުނީ މިހާރު ވާން އުޅޭ ގޮތެއް އެއްގޮތަކަށް ވެސް ސާފު ނުވާ ކަމަށެވެ."ރަޖިސްޓްރީ
ކުރަން އަވަށު އަޮފީސްތަކުން ފޯމް ދޫކުރާ ވާހަކަ ބުނީމަ މިހާރު އެތައް
ދުވަހަކު ދެވިއްޖެ އެ ބުނާ ފޯމެއް ނަގަން ވެސް. އަވަށު އޮފީހުން ބުނަނީ
ފޯމް ތައްޔާރެއް ނުވެޔޭ. ވާ ގޮތެއް ތިމަންނަމެންނަކަށް ވެސް ސާފެއް
ނުވެޔޭ،" އޭނާ ބުންޏެވެ.ކައުންސިލުން މިހާރު ބުނެފައި ވަނީ 11 ވަނަ
ދުވަހަށް ކައުންސިލަށް ތައްޔާރީތައް ނުވެވުމުން، މި މަސް ނިމެންދެން
އަވަށްތަކުން ކުނި ނަގައި ދޭން ސަަދަން މޯލްޑިވްސްގައި ވަނީ އެދިފައި ކަމަށެވެ. އަދި އެކަން އެގޮތަށް ހަމަޖެހިފައިވާ ކަމަށް ބުނެ ކައުންސިލުން އިއުލާނެއް
ވެސް ނެރެފައިވެ އެވެ.ކައުންސިލުން ވަނީ އައްޑޫގައި ކުނި މެނޭޖް ކުރާނެ ބަޔަކު ހޯދަން ބައިނަލްއަގްވާމީ ޓެންޑާއަކަށް ވެސް މިދިޔަ މަހު ހުޅުވާލައިފަ އެވެ.އެކަމަށް
ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ)
ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހާ ހަމަ އަށް އޮންނާނެ އެވެ.
ކުނީގެ މައްސަލާގައި އައްޑޫ ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ