ކްލަބް ސްޓިލް ރެޑުން އިންތިޒާމްކޮށްގެން ބާއްވާ އަބްދުﷲ ކޮއެގެ މެމޯރިއަލް ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު މެޗުތަކުން އަންގޮޅިއަންސް އަދި ބައޯކަލޯ މޮޅުވެއްޖެ އެވެ.
ނ.ވެލިދޫ ފުޓްސްލް ދަނޑުގައި ކުޅެވޭ މި މުބާރާތުގައި ރޭ ފުރަތަމަ މެޗުގައި ބައްދަލު ކުރީ އަނގޮޅިއަންސް އާއި ސާއްބައެވެ. މި މެޗު 3-9 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ކުރީ އަނގޮޅިއަންސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަނގޮޅިއަންސްގެ ޖޯޒީ ނަމްބަރު 10 އިބްހާރިމް ޒިޔާން އެވެ.
ދެވަނަ މެޗުގައި ކޭއެންޖީ އަދި ހިއާލީ ބައްދަލުކޮށް ފޯރިގަދަ ކޮޅުމަކަށް ފަހު ނިމުނީ 6-6 އިން އެއްވަރު ވެގެންނެވެ. ކޭއެންޖީ ވަނީ އެންމެ ފަހު ވަގުތު ލަނޑެއްޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޭއެންޖީގެ ޖޯޒީ ނަމްބަރު 5 އަލީ އަހްސަން އެވެ.
ތިން ވަނަ މެޗުގައި ބައްދަލުކުރީ ބައޯކަލޯ އާއި ރެސްޓް ބްލޮކެވެ. މި މެޗު 4-10 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ބައޯކަލޯއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ބައޯކަލޯގެ ޖޯޒީ ނަމްބަރު 8 މުހައްމަދު އަލީ(ފަތޭ) އަށެވެ.
މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދާނީ މި މަހުގެ 23 ގެ ނިޔަލަށެވެ.
ނިމިގެންދިޔަ އަހަރު ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ރެސްޓް ބްލޮކް އިން ހޯދިއިރ މި މުބާރާތަކީ ނ. ވެލިދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މި އަހަރަކީ ކްލަބް ސްޓިލް ރެޑް އިން އިސްނަގައިގެން މި މުބާރާތް ވިދިވިދގެން ބާއްވާ ހަ ވަަނަ ފަހަރެވެ.
އަބްދުﷲ ކޮއެ މެމޯރިއަލް ފުޓްސަލް ކަޕް: އަންގޮޅިއަންސް އަދި ބައޯކަލޯ އަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ