ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓުގައި އެދުމުން އެމައްސަލަ ހުށަހަޅަން ސުޕްރީމް ކޯޓުން މިއަދު ހުއްދަ ދީފި އެވެ.
ސުޕްރީމް ކޯޓުން ނަޝީދުގެ މައްސަލަ އެ ކޯޓަށް ހުށަހަޅަން ހުއްދަ ދީފައި މިވަނީ ސިއްރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ މިމައްސަލައިގެ އިޖުރާއީ އަޑުއެހުމަކަށްފަހު އެވެ.
ސުޕްރީމް ކޯޓުން އަމަލުކުރާ އާންމު އުސޫލަކީ އެ ކޯޓުގައި އިސްތިއުނާފް މައްސަލައެއް ކުރިއަށް ގެންދިއުމަށް އެދުމުން އެމައްސަލައިގެ އިޖުރާއީ އަޑުއެހުމަކަށްފަހު ހުއްދަ ދިނުމެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.
ތަފާތު ސަބަބުތައް ހުރި ކަަމަށް ވިދާޅުވެ މިމައްސަލަ ނަޝީދުގެ ގާނޫނީ ޓީމުން އިސްތިއުނާފް ނުކުރުމުން މިމައްސަލަ އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅީ ޕީޖީ އޮފީހުންނެވެ. ނަމަވެސް ހައިކޯޓުން މިމައްސަލަ ނިންމީ މައްސަލަ އިސްތިއުނާފް ކުރަން ޖެހޭނީ ނަޝީދުގެ ފަރާތްޕުޅުން ކަމަށް ކަނޑައެޅުމަށްފަހު އެވެ. އަދި އިސްތިއުނާފް ކުރުމުގެ ގާނޫނީ މުއްދަތު ހަމަވެފައިވިޔަސް ނަޝީދުގެ ފަރާތްޕުޅުން މިމައްސަަލަ އަދިވެސް ކުރިއަށް ގެންދެވިދާނެ ކަމަށްވެސް ހައިކޯޓުން ކަނޑައަޅާފައިވެ އެވެ.
ނަޝީދުގެ މައްސަލަ ހުށަހަޅަން ސުޕްރީމް ކޯޓުން ޕީޖީއަށް ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ