ޏ. ފުވައްމުލަކުގައި ކުރިއަށްގެންދިޔަ މައިލޯ އެޓޯލް އިންޓަ ސްކޫލް އެތްލެޓިކްސް މީޓް ކާމިޔާބު ކަމާއެކު ރޭ ނިންމާލައިފި އެވެ.
މިމަހުގެ 21 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިމުބާރާތް ރޭ ނިންމާލިއިރު އެންމެ ގިނައިން ކާމިޔާބުތައް ހޯދީ ތިނަދުއާއި، ފުވައްމުލަކުގެ ސްކޫލްތަކުންނެވެ.
ޖުމްލަ 27 ސްކޫލަކުން ވާދަކުރި މިމުބާރާތުގެ ފަސް ކެޓަގަރީއަކުން އެއްވަނަ ހޯދީ ފުވައްމުލަކުގެ ސްކޫލްތަކެވެ. އެގޮތުން އެންމެ ފާހަގަކުރެވެނީ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެވެސް އެއްވަނަ މަދަރުސަޠުލް ޝެއިޚް މުޙައްމަދު ޖަމާލުދީން ހޯދުމެވެ. 11 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނަ ހޯދީ ފުވައްމުލަކު ސްކޫލެވެ. ޏ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 15 އަހަރުން ދަށުގެ އަންހެން ބައިގެ އެއްވަނައާއި، 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދާފައެވެ. އަދި 17 އަހަރުން ދަށުގެ އަންހެން ބަޔާއި، 15 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. 11 އަހަރުން ދަށުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ތިނަދޫ ސްކޫލެވެ.
ވަކިވަކި އެތްލީޓުން ހޯދި ކާމިޔާބީތަކަށް ބަލާއިރު އެންމެ ފާހަގަކުރެވެނީ 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިންވެސް ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދެ އެތްލީޓުން އެއްވަނަ ހޯދުމެވެ. އަންހެން އެއްވަނަ އެތްލީޓަކީ ޝިއުމާ މުޙައްމަދު ޝަފީޤްއެވެ. ފިރިހެން އެއްވަނަ ހޯދީ ސައިފުﷲ އަހުމަދުއެވެ.
މިމުބާރާތުގެ 11 އަހަރުން ދަށުގެ ފިރިހެން އެއްވަނަ އެތްލީޓަކީ ތިނަދޫ ސްކޫލްގެ އަހުމަދު އިދާމް އިސްމާއީލްއެވެ. އަންހެން އެންމެ މޮޅު އެތްލީޓަކީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ އަމްރާ މުޙައްމަދު އާމިރުއެވެ. އަދި 13 އަހަރުން ދަށުގެ ފިރިހެން އެއްވަނަ އެތްލީޓަކީ ތިނަދޫ ސްކޫލްގެ އިބްރާހީމް ރާފިލް ވާފިރުއެވެ. އަންހެން އެންމެ މޮޅު އެތްލީޓަކީ އައިޝަތު ޝަބާ ސަލީމްއެވެ.
މީގެ އިތުރުން މިމުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން އެއްވަނަ އެތްލީޓަކީ ކަލާފާން ސްކޫލްގެ މުޙައްމަދު މުނާޒު އަލީއެވެ. އަދި މިއުމުރުގެ އަންހެން އެއްވަނަ އެތްލީޓަކީ ހިތަދޫ ސްކޫލްގެ އައިޝަތު ހިމްނާ ހަސަންއެވެ.
މައިލޯ އެޓޯލް އިންޓަ ސްކޫލް އެތްލެޓިކްސް މީޓް ކާމިޔާބު ކަމާއެކު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ