ނަފްސާނީ ދުޅަހެޔޮކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މަކުނުދޫ ދާއިރާގަ ޕްރޮގްރާމްތަކެއް ހިންގަނީ

ނަފްސާނީ ދުޅަހެޔޮކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް މަކުނުދޫ ދާއިރާގައި ޕްރޮގްރާމުތަކެއް ކުރިއަށް އެބަގެންދެއެވެ.
ޑރ. ނާޒްގެ އެހީތެރިކަމާއިއެކު ސައިކޮލޮޖިސްޓް ފާޠިމަތު ޝަހުރު އިރުޝާދު ދެއްވަމުން ގެންދަވާ މިޕްރޮކްރާމް މިހާރު ވަނީ މަކުނުދޫ އަދި ކުމުންދޫގައި ކުރިއަށްގެންގޮސްފައެވެ. މިއަދާއި މިރޭ އަދި މާދަމާ ކުރިއަށް ގެންދާނީ ނޭކުރެންދޫގައެވެ.
ކުމުންދޫގައި ކުރިއަށް ގެންދިއަ ޕްރޮގްރާމް ފެށުން ޝަރަފުވެރިކޮށްދެއްވީ ކާށިދޫ ދާއިރާގެ މެންބަރު ފައީޞަލް ނަސީމް އެވެ.
މިއީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ޕްރޮގްރާމްތަކެކެވެ. އަނާރާ ނަޢީމް ގެންދަވަނީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މިފަދަ ޕްރޮގްރާމްތައް ދާއިރާގެ ރައްޔިތުންނަށް ހިންގަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ