މޭޑޭގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރި ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި ނ. ހޮޅުދޫ ކައުންސިލް މެމްބަރު ހުސައިން ހަސީބުގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރި މީހަކަށް ހަމަލާދޭން މަސައްކަތް ކުރުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ މާފަންނު ސަހަރާ ސަރަހައްދު ބެރިކޭޑުޖަހާ ފުލުހުން ބަންދުކޮށްފައި ވަނިކޮށް، އެސަރަހައްދަށް ވަންނަން މަސައްކަތްކޮށް ގަލާއި ފެންފުޅި ފުލުހުންނާ ދިމާއަށް އުކާފައިވާ ކަމަށް ބުނެއެވެ.
ކުރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ހަސީބު ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ތެރެއަށް ވަންނަން މަސައްކަތްކޮށް ފުލުހުންނާ ދިމާއަށް ގަލާއި ފެންފުޅިފަދަ ތަކެތި އުކާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތު ނުވާތީ ދައުލަތުގެ އެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްކޮށް އެ ގަޒިއްޔާ ނިންމާ ކަމަށެވެ.
މޭޑޭގެ މުޒާހަރާއާ ގުޅގެން ދައުވާ އުފުލި ހުސައިން ހަސީބުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ