"ބާ އެސޯސިއޭޝަން"ގެ ނަމުގައި އަމިއްލަ ޖަމިއްޔާއަކުން ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގެ އެއްވެސް ކަމެއްގައި ހަރަކާތްތެރިވުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ބާ އެސޯސިއޭޝަން ނުހިނގޭނެ ކަމަށް ކަނޑައަޅާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު ބާއްވާފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. މި އެންގުން ހޯމް މިނިސްޓްރީއަށް އެންގުމުން އެ މިނިސްޓްރީން ވަނީ އެ އެންގުން ޖަމިއްޔާއަށް އަންގާފައެވެ.
ސުޕްރީމް ކޯޓުން ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފޮނުވާފައިވާ ސިޓީގައި ވަނީ ރާއްޖޭގައި ވަކީލުންނާ ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ވަކީލުން ރެގިއުލޭޓް ކުރުމުގެ ބާރު ނެތް ފަރާތަކަށް އެ ފުރުސަތު ދިނުމަކީ އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އޮޅުންތަކާއި ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެހެންވެ، ބާ އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް ހަދައިގެން ހިންގުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ޖަމިއްޔާގެ ނަން ބަދަލު ކުރުމަށްފަހު އެކަން އެ މިނިސްޓްރީއަށް އެންގުމަށް އެދޭ ކަމަށްބުނެ ބާ އެސޯސިއޭޝަނަށް ފޮނުވި ސިޓީގައިވެ އެވެ.
ބާ އެސޯސިއޭޝަނުގެ ރައީސަކީ މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދެވެ.
ބާ އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް ނުހެދޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ