މޫސުން ގޯސްވެ ކ.އަތޮޅުން ވ.އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖީން ބުނީ މިރޭ އަށްގަޑި ތިރީހުން ފެށިގެން ދަންވަރު ބާރައާ ހަަމައަށް ކ.އަތޮޅުން ވ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފައިވާ ކަމަށެވެ. މިސަރަޙައްދަށް ބޯކޮށްވާރޭވެހި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެއެވެ. މީގެ އިތުރުން މިރޭ އެގާރަގަޑި ބަޔާ ހަމައަށް ރ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށްވަނީ ހުދު އެލަރޓްވެސް ނެރެފައެވެ. މޫސުމާބެހޭ އިދާރާއިން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަ ކުރާނެއެވެ. އެހެންކަމުން ކަނޑުދަތުރު ކުރާއިރު ސަމާލު ވުމަށްވެސް އެއިދާރާއިން އިލްތިމާސް ކުރެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މޫސުން ގޯސްވެ ކ.އަތޮޅުން ވ.އަތޮޅަށް ޔެލޯ އެލަރޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ