އިނދިކޮޅު ރައްޔިތުން ނުކުމެ ކާނިވާ ސަރަޙައްދު ފުރާލައިފި

އިނދިކޮޅު މައި ޕާޓީ ޕީޕީއެމް އިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން މާލޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާއަށް، މިސަރުކާރާ އިނދިކޮޅު ގިނަ ރައްޔިތުންތަކެއް އެއްވެ އެސަރަޙައްދު އެއްކޮށް ފުރާލައިފި އެވެ.
ޖަލްސާއަށް އެއްވި މީހުން ގިނަވުމުގެ ސަބަބުން ޖަހާފައިހުރި ގޮނޑިތައް ފުރުމުން ދެވަނަ ފަހަރަށް ގޮނޑިގެނެސްވަނީ ޖަހާފައި އެވެ. ނަމަވެސް މީހުން ގިނަވެ އެގޮނޑިތައްވެސް ފުރުމުން، ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި މިފަހަރު ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓުން ގޮނޑިތަކުން ތެދުވެ، އެގޮނޑިތައް ޖަލްސާއަށް ޙާޟިރުވި ޢާއްމު ރައްޔިތުންނަށް ވަނީ ދީފައި އެވެ.
ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި މިފަހަރު ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓުން ގޮނޑިތަކުން ތެދުވުމަށްފަހު، ޖަލްސާ ނިމެންދެންވެސް އެބޭފުޅުން ތިއްބެވީ ކޮޅަށެވެ.
ޕީޕީއެމްގެ ކެމްޕެއިން ފެށުމަށް ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާއަށް ގިނަ ޢަދަދެއްގެ ރައްޔިތުން ޖަމާވެފައި މިވަނީ ސަރުކާރާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ދިވެހި ރައްޔިތުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި އެވެ.
އެގޮތުން މީގެ ހަފްތާއެއް ކުރިން ވެރިކަން ހިންގާ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިންގ ފެށުމުގެ ގޮތުން ހަމަ އެސަރަޙައްދުގައި ބޭއްވި ޖަލްސާއަށް ޙާޟިރުވެފައިވަނީ އެޕާޓީއާއި ސަރުކާރަށް ތާއީދުކުރާ މަދު ޢަދަދެއްގެ ރައްޔިތުންތަކެކެވެ.
ގިނަ ޢަދަދެއްގެ ރައްޔިތުންނާއިއެކު ބޭއްވި ޕީޕީއެމްގެ ކެމްޕެއިންގ ޖަލްސާ މާލޭގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައިވެސް ލައިވްކޮށް އަޅުވާފައިވާ ހުރިކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ