ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް މުރާޖަޢާކުރުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް މުރާޖަޢާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.ނަޝީދުގެ މައްސަލަ މުރާޖައާ ކުރުމަށް އެދި ޕީޖީ އޮފީހުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނަޝީދުއަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ފާހަގަކުރެވޭ ކަންކަން ބަލައިދިނުމަށް އެކި ފަރާތްތަކުން އެ އޮފީހުގައި އެދެމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ މައްސަލަ އާއްމު މަސްލަހަތުގެ ދަރަޖައަށް ފެތޭކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އާންމު މަސްލަހަތުގެ ދަރަޖައިގައި އެ މައްސަލަ ހިމެނޭތީ ކަމަށެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވާފައިވަނީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީކަމުގައި ހުންނެވި އަބްދުﷲ މުޙައްމަދު ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި ޚިލާފަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ރަހީނުކޮށް ޤާނޫނީ ނިޒާމުގެ ތެރެއިން ގެއްލުވާލައި ޤާނޫނު އަސާސީއިން އޭނާއަށް ކަށަވަރުކޮށްދީފައިވާ ހައްޤުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާތީއެވެ.ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާއިރު ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ރާއްޖެއިން ބޭރަށް ވަޑައިގެން ނަޝީދު ވަނީ ފިއްލަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ