ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ތަޙުނިޔާ ވިދާޅުވެއްޖެ އެވެ.
މައުމޫން ތަޙުނިޔާ ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ދިވެހި ރާއްޖޭގެ ފަޚްރުވެރި ޤައުމީ ދުވަހުގެ ތަހްނިޔާ އާއި މުބާރަކްބާދީ ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް ދަންނަވަން. މާތް الله ދިވެހި ޤައުމުގެ މިނިވަންކަމާއި ދިވެހިވަންތަ ކަން ރައްކާތެރި ކުރައްވާށި! އާމީން.
— Maumoon Abdul Gayoom (@maumoonagayoom) November 8, 2018
އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ތަޙުނިޔާ އާއި މުބާރަކްބާދީ ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.
"މާތް الله ދިވެހި ޤައުމުގެ މިނިވަންކަމާއި ދިވެހިވަންތަ ކަން ރައްކާތެރި ކުރައްވާށި! އާމީން."، އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައި ވެއެވެ.
މައުމޫން މިހާރު ހުންނެވީ ބޭސްފަރުވާ އަށް މެލޭޝިއާ ގައެވެ. މައުމޫން މެލޭޝިއާ އަށް ވަޑައިގެންނެވީ މިދިޔަ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހު އެވެ.
އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުއްވި ކަމުގެ ދައުވާ އުފުލައި، ކުށް ސާބިތުވެ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ކަފާލާތުގެ ދަށުން މައުމޫން މިނިވަން ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މައުމޫން ދޫކޮށްލާފައިވަނީ 60،000 ރުފިޔާ ބެހެއްޓުމަށް ފަހުއެވެ.
އެމަނިކުފާނުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ.
ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މައުމޫން ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ