ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރޯދަވީއްލުމެއް ބާއްވަން އެޑިއުކޭޝަނުން ސްކޫލްތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިމަހުގެ 8 ވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކަމަށާއި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުނިޔޭގެ އެކި ސްކޫލްތަކުގައި މެންދުރުގެ ކެއުން އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކާ ނުލައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެދުވަހަކީ ރޯދަމަހުން ދުވަހަކަށްވާތީ މިދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ސްކޫލްތަކުގައި ކްލާސް ފެންވަރުގައި ރޯދައްވީއްލުމެއް ބޭއްވުމަށް ވިސްނިފައިވާ ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ އެކަމަކީ މިއަހަރު ކުރިއަށްގެންދާ "ފަރުކޮއެ" ޕްރޮޖެކްޓާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި ރޯދަމަހަކީ މުސްލިމުން އެއްކަމަކަށް ވަގުތު ހުސްކޮށް އަޅުކަމަށް ސަމާލުކަން ދިނުމުގެ އިތުރުން، ޖަމާޢަތުގެ އެއްބައިވަންތަކަން ވަރުގަދަވެ އެކަކު އަނެކަކަށާއި ދިރިއުޅޭ މާހައުލާމެދު އިތުރަށް ވިސްނާ އިހްތިރާމް އަދާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. މިގޮތައް ރޯދަވީއްލުން ކުރިއަށް ގެންދާއިރު އިސްރާފްކުރުން މަދުކުރުމަށާއި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކްގެ ބަދަލުގައި އެހެންތަކެތި ބޭނުންކުރުމަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވުން އެދޭކަމަށްވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
އެޑިއުކޭޝަނުން ބުނީ މި ރޯދަވީއްލުން ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށް ގެންދާނީ މިމަހުގެ 6 ނުވަތަ 7 ގައި ކަމަށެވެ.
ހުރިހާ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވުމަށް ބާރުއަޅާ މި ރޯދަވިއްލުމަށް ބައެއް ސްކޫލްތަކުން ގުރޭޑް 1ން ފެށިގެން ގްރޭޑް 10 ގެ ދަރިވަރުންނަށް ވަނީ ރޯދަވިއްލުމުގައި ބައިވެރިވުމަށް ބާރު އަޅާފައެވެ.
އެއްތާކަށް އެއްވެ ގިނަކުދިންތަކެއް އެއްފަހަރާ ރޯދަވިއްލުމެއް ބޭއްވުމަށް ނިންމާފައިވާއިރު މިދުވަސްވަރަކީ ތަފާތު ރޯގާތައް ފެތުރެމުންދާ ދުވަސްވަރެކެވެ. މީހުން އެއްވާ ތަންތަނަށާއި ކޮންމެހެން ނުގެންގޮސް ނުވެގެން ނޫނީ ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމަށް އެޗްޕީއޭއިން ދަނީ އިރުޝާދު ދެމުންނެވެ. އަދި ސްކޫލްތަކަށްވެސް ކުދިން ފޮނުވާ މިންވަރުވެސް ވަނީ ވަރަށްބޮޑަށް ދަށްވެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހުރިހާ ސްކޫލް ތަކެއްގައި ރޯދަ ވިއްލުމެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ