ކަޝްމީރު މައްސަލައިން ދިވެހިން ފިލާވަޅު ލިބިގަންނަން ޖެހޭ: އުމަރު

ކަޝްމީރަށް ލިބިފައި އޮތް ދާހިލީ މިނިވަންކަން އިންޑިޔާއިން ނިމުމަކަށް ގެނައުމަކީ އެކަމުން ދިވެހިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ފޭސްބުކްގައި މިއަދު ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިޔާގެ ކުރީގެ ބޮޑު ޖަވާހިރުލާލް ނެހްރޫ އޭރުގެ ސިކިމްގެ ރަސްގެފާނަށް ސިކިމްގެ މިނިވަންކަމަށް އަރައިނުގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި ވަނިކޮށް އޭނާގެ ދަރިފުޅު އިންދިިރާ ގާންދީ ބޮޑުވަޒީރު ކަމަށް ވަޑައިގެން އެ ނިންމުން ބަދަލު ކުރި ކަމަށާއި އެއަށް ފަހު 1975 ގައި އިންޑިޔާގެ 5000 ސިފައިން ސިކިމްއަށް ފޮނުވައި އެ ކުޑަ ގައުމު ހިފި ކަމަށެވެ.
ސިއްކިމް އާއި މެދު އިންޑިޔާ ސަރުކާރުން އަމަލު ކުރި ގޮތާއި ކަޝްމީރާ މެދު އަމަލު ކުރި ގޮތުން ދިވެހިންނަށް އެނގެންވީ ކަމަކީ ބާރުގަދަ ގައުމުތަކުން ކުރާ ވައުދުތައް ކޮންމެ ފަދަ ވަގުތެއްގައި ވެސް ބަދަލުކޮށްފާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިވަގުތު ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިންނަކީ ވެސް ދިއްލީގެ އޯޑަރަކަށް ކޮންމެފަދަ ވަގުތެއްގައި ވެސް އެ މީހުންގެ ރޯލް ބަދަލުކޮށްފާނެ ބައެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ދިއްލީގައި ތިއްބަވާ ސިޔާސީ ލީޑަރުންގެ ވިސްނުން ބަދަލުވެއްޖެ ނަމަ ރާއްޖޭގެ މިހާރު ތިބި އިންޑިޔާ ސިފައިންގެ އަތަށް ދެ ގަޑިއިރުގެ ތެރޭގައި އިންޑިޔާއިން ހަތިޔާރު ފޯރުކޮށްދޭނެ، މިއީ ނުވާނެ ކަމެއްކަން ހީކޮށްގެން ތިބޭނީ ވަރަށް ތިލަކޮށް ވިސްނާ ސިޔާސީ ބޭފުޅުން، ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިން މި ގައުމުން ބޭލުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އުމަރު ވިދާޅުވި އެވެ.
ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލީ އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދް އެވެ. ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ އުވާލުމުން، އިންޑިއާގެ ގިނަ ބަޔަކު ދަނީ އުފާ ފާޅު ކުރަމުންނެވެ. ހާއްސަކޮށް ހިންދޫން ދަނީ އުފާ ފާޅު ކުރަމުންނެވެ. އަދި ކަޝްމީރުން ގަތުމަށް މިހާރުވެސް 10.000 ވުރެ ގިނަ މީހުން ވަނީ އެދިފަ އެވެ.
އެ ގައުމުގެ ގާނޫނޫ އަސާސީގެ 370 ވަނަ މާއްދާ އުވާލުމުން ކަޝްމީރު މުސްލިމުން ހަމަނުޖެހުން އުފައްދާ ކަަމަށް ބުނެ އިންޑިއާގެ މައި ސަރުކާރުން ވަނީ 10،000 ސިފައިން ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ކަޝްމީރަށް ފޮނުވާފަ އެވެ. މި ބާރުގެ ދަށުން އިންޑިއާ ސިފައިން ވަނީ ކަޝްމީރުގެ މުސްލިމް ސިޔާސީ ލީޑަރުން ސިއްރު ތަނެއްގައި ބަންދު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ