ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ނާކާމިޔާބުވީ ވަގުންގެ އަތުގައި ޖުމްހޫރީ ޕާޓީން ހިފުމުން ކަމަށް މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވިދާޅުވުމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް ވަޓްސް އެޕް ގުރޫޕްގައި ގާސިމް އިބްރާހިމް އެބޭފުޅުންނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
ގާސިމް ވިދާޅުވީ 2009 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ޖޭޕީން 30 ދާއިރާއެއްގެ ކެންޑިޑޭޓުންނަށް ޚަރަދުކޮށްގެން ހޮވުނީ އޭނާ އެކަނި ކަމަށެވެ.
"ބަލަ 2009 ގައި ވެސް ޖޭޕީއިން ޓިކެޓް ދީގެން އެއްވެސް ބަޔަކާ ބައިވެރިނުވެ 30 މީހަކަށް ހަރަދުކޮށްގެން ހޮވުނީ ގާސިމް އެކަނި، އެއީ ކީއްވެގެން ކާކު ކޮން ވަގަކަށް ވެގެން، ތިޔަކަހަލަ ވާހަކަ ދެއްކުމަކުން ނުސިހޭނެ، ތިޔަ ވާހަކަ ދައްކާ އެކަކު ވެސް މި އިންތިހާބު ކާމިޔާބު ކުރުމަށް ކޮށް ދެއްވި ކަމެއް އެބަ އޮތްތޯ،" ގާސިމްގެ މެސެޖްގައި ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކަމެއްކޮށް ނުދީ ތިބެގެން ފާޑުފާޑު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެމްޑީޕީއިން އެންމެ ފަހު ދުވަހު ވާރޭހެން ފައިސާ އޮއްސާލި ކަމަށާއި ސަރުކާރުން އެކި ވަޒީފާތައް ދޭނެ ކަމުގެ ޔަގީންކަން ވެސް ދިން ކަމަށް ވިދާޅުވެ ގާސިމްގެ ތުހުމަތުތަކެއް ވެސް އެމްޑީޕީގެ މައްޗަށް ކުރިއެވެ.
"ވަގުގެ އަތުގައި ހިފައިގެނެއް ނޫން ގޮނޑިތައް ނުނެގުނީ، އެންމެ ފަހު ދެ ދުވަހު އެމްޑީޕީއިން ވާރޭވެހޭ ގޮތަށް ފައިސާ އެޅީ،" ގާސިމް ވިދާޅުވި އެވެ.
އިންތިޚާބުން ބަލިވި ދެވަނަ ސަބަބެއްގެ ގޮތުގައި ގާސިމް ވިދާޅުވީ ޖޭޕީގެ އިސް ބައެއް ބޭފުޅުން "ޖޭޕީއަށާއި ގާސިމަށް ބެވުމެވެ."
"އަނެއްކޮޅުން އަހަރެމެންގެ ތެރެއިން ޖޭޕީއަށާއި ގާސިމަށް ބަވަމުން ދިޔައީ އަހަރެމެންގެ ތެރެއިން ނޫންބާ މިހާރު ވެސް ތިޔަ ބަވަނީ ގާސިމަށް ނޫންތޯ، މާ އަޑުގަދަ ކުރައްވާނެ ކަމެއް ނެތް، ތިޔަ ބޭފުޅުންނަށް ފެންނަ ގޮތަކަށް ކަންތައްތައް ކޮށް ލައްވާ." ގާސިމް ވިދާޅުވިއެވެ.
މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން އިންތިޚާބުގައި ކާމިޔާބު ހޯދުނީ ޖޭޕީގެ ހަތް ކެންޑިޑޭޓަކަށެވެ. އެ ޕާޓީއިން ޖުމްލަ 41 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރި އެވެ.
ބަލިވީ ވަގަކާ ހެދިއެއް ނޫން، އެމްޑީޕީން ފައިސާ ބެހީމަ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ