އެހެން ބާރުތަކުގެ އިހްތިސޯސުގެ ތެރެއަށް ނުވަނުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ކުރަން މަޖިލިސް ކޮމިޓީން ނިންމައިފި

ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ގާނޫނީ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށް ފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުން އެކޮމިޓީ އަށް ހާޒިރުކޮށް، މައުލޫމާތު އޮޅުން ފިލުވާފަ އެވެ. އަދި އެކޮމިޓީން ބައްދަލުވުންތައް ބޭއްވުމަށްފަހު، މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅާފަ އެވެ. އެރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަަލްސާއަށް ހުށަހަޅުއްވައި ދެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.
އެރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ވަނީ ކުރުމަތިކުރުވާފަ އެވެ. އަދި ފަނޑިޔަރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިކުރުވާފައިވާ ކަމާއި ގާނޫނު އަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުން އެކޮމިޝަނަށް މަތިކުރެވިފައިވާ މަސައްކަތްކުރުމުގެ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށްވެސް އެރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ޖުޑީޝަރީ އިސްލާހު ކުރުމުގެ ހުރިހާ ކަމަކަށް މަޖިލީހުން ގޮތްތަކެއް ކަނޑައެޅުމާއި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ވިޔަސް ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ރިޕޯޓުގައި ވެއެވެ.
މި ރިޕޯޓް މަޖިލީހުން ފާސްކުރުމާމެދު، މިއަދުގެ ޖަލްސާގެ ވޯޓަށް އަހާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ