އުނގޫފާރުގައި މިފަހަރުވެސް ރޯދަމަހުގައި ކަރަންޓް މުޅިން ހިލޭ

ކުރީ ފަހަރުތަކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހުވެސް ރ. އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ފޯރުކޮށްދޭ ކަރަންޓް، އުނގޫފާރުގެ ހުރިހާ ގޭބީސީތަކަށް މުޅިން ހިލޭ ފޯރުކޮށްދޭން ކައުންސިލުން ނިންމައިފިއެވެ.
އުނގޫފާރު ކައުންސިލުން ނިންމާފައި ވަނީ ރޯދަ މަހުގެ ދުވަސްތަކާއި ހަ ރޯދައިގެ ދުވަސްތައް ހިމެނޭނެ ގޮތަށް 6 މެއި 2019 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އުނގޫފާރުގެ ހުރިހާ ގޭބީސީތަކަށް ފޯރުކޮށްދޭ ކަރަންޓަށް އެއްވެސް އަގެއް ނުނަގާގޮތަށެވެ.
މީގެ އިތުރުން އުނގޫފާރު ކައުނސިލުން ބުނެފައި ވަނީ މިހާރު ސަރުކާރުން ކަރަންޓުގެ އަގަށް ގެނެސްފައިވާ ހެޔޮ ބަދަލާއި ގުޅިގެން ކައުންސިލުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަރަންޓުގެ އަގަށް ބަދަލެއް ގެންނަ ނަމަ އެކަން ޖުލައި 1 ވަަނަ  ދުވަހުގެ ކުރިން އާންމުކޮށް އަންގާ އިއުލާންކުރާނޭ ކަމަށެވެ. އުނގޫފާރަށް ކަރަންޓު ފޯރުކޮށްދޭ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ ހިންގަނީ އުނގޫފާރު ކައުންސިލުންނެވެ.
މިއީ އުނގޫފާރު ކައުންސިލުން ޖެހިޖެހިގެން ކޮންމެ އަހަރަކު ރަމަޟާން މަހު ކަރަންޓް މުޅިން ހިލޭ ފޯރުކޮށްދޭތާ ހަތަރު ވަނަ އަހަރެވެ. އުނގޫފާރު ކައުންސިލްގެ ހިސާބުތަކުން ދައްކާ ގޮތުގައި ކަރަންޓު ހިލޭ ފޯރުކޮށްފޭ ދުވަސްތަކުގައި އުނގޫފާރުގެ ރައްޔިތުން ބޭނުން ކުރާ ކަރަންޓަށް ކޮންމެ އަހަރަކު ވެސް ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ