ރައްޔިތުންގެ މަޖިލީހުގެ މަތިވެރީދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހަންމަދު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އއ. މަތިވެރީދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހަންމަދު އަވަހާރަވެއްޖެއެވެ.
ހުސައިން މުހަންމަދު އަވަހާރަވީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ހުސައިން މުހަންމަދުއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދިޔައީ ކޮންކަހަލަ އާލާސްކަންފުޅަކަށް ކަމެއް ސާފެއް ނުވެއެވެ.
މަރްހޫމް ހުސައިން މުހަންމަދުއަކީ މަތިވެރީދާއިރާގެ މެމްބަރުކަން ވަރަށް ގިނަދުވަހު ކުރެއްވި ބޭފުޅެކެވެ.
އޭގެ އިތުރުން، ނޫސްވެރިކަމުގެ ދާއިރާއަށްވެސް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ޓެލެވިޜަން މޯލްޑިވްސްއާއި، ދިވެހިރާއްޖޭގެ އަޑުގައިވެސް ޚިދުމަތް ކުރައްވާފައި ވެއެވެ.
ހުސައިން މުހަންމަދަކީ ބޭރު ދުނިޔޭގެ ޙަބަރުތައް ލިއުއްވުމާއި، ދިރާސާ ކުރެއްވުމުގައިވެސް ވަރަށް ފުންނާބުއުސް ބޭފުޅެކެވެ. އަދި ނޫސްތަކަށް ތަފާތު ލިއުންތައްވެސް ލިއުއްވި ބޭފުޅެކެވެ.
ހުސައިން މުހަންމަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށްފަހު ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެގޮތުން އެ ޕާޓީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ