ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންނެވުމުގެ ހުއްދަ ދީފައިވާކަމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބުނެފިއެވެ.
ހުޅުމާލޭ ކޯޓުންބުނީ ރައީސް ނަޝީދު މިމަމުހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 06 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ވަޑައި ގެންނެވުމަށް ހުއްދަޔަކަށް އެދި އެކޯޓަށް ހުށައެޅި މައްސަލާގައި ޑިޕާރޓްމަންޓް އެންޑް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މައްޗަށް ކުރިން ކޮށްފައިވާ އަމުރު ނިމުމަކަށް ގެނެސްފައިވާކަމުގައެވެ.
މިމަހުގެ 18 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށްގެނެސް ޑިސެމްބަރު 19 އިން ޖެނުއަރީ 06 އަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާކަމަށެވެ.
މި ކޯޓް އަމުރުގެ ކޮޕީއެއް ފުލުހުންނަށާއި ސިފައިންނަށްވެސް ފޮނުވާފައިވާކަމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބުނެއެވެ.
ނަމަވެސް އަމިއްލަ ބޭނުންފުޅެއްގައި ބޭރަށް ވަޑައިގެންނެވުމަށް މިއަދު އުޅުއްވަނިކޮށް ކޯޓުން އަންގައިގެންކަމަށްބުނެ އިމިގްރޭޝަނުން މިއަދުވަނީ ނަޝީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން މަނާވެސްކޮށްފައެވެ.
ނަޝީދު ބޭންކޮކަށް ވަޑައިގަންނަވަން އުޅުއްވީ ބައްޕާފުޅުގެ ސާޖަރީއެއް ކުރައްވަން ހަމަޖައްސާފައިވާތީ ކަމަށް ވެއެވެ. ބައްޕާފުޅު އަރިހުގައި އާއިލާގެ ބޭފުޅުން އެގައުމުގައި ތިއްބެވި ކަމަށް ވެއެވެ.
ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ހުއްދަދީފައިވާކަމަށް ކޯޓުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ