ސަރުކާރަށް އެންމެ މުހިންމީ ރިޔާސީ އިންތިހާބަކީ، ހުރިހާ ފަރާތްތަކުގެ އަޑުއަހައި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން އޮމާންކަމާއެކު ބޭއްވޭ އިންތިހާބަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި، ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވަން ބޭނުންފުޅުވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގައި ޞުލްޙަވެރި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް އިންތިޚާބު ގެންދަން ކަމަށެވެ.
ރިސެޕްޝަން ދާރުލް އާސާރުގައި ނުވާބައްވަން އެދި ބަޔަކު ނުރުހުން ފާޅުކޮށްފައި ވަނިކޮށް ރޭ ދާރުލް އާސާރުގައި ބޭއްވި ރިސެޕްޝަންގައި ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 48 އަހަރު ފުރިގެން، އެކަން ފާހަގަ ކުރާއިރު އުންމީދު ކުރައްވަނީ، ދިވެހިން ފަހުރުވެރިވާފަދަ ފުރުޞަތުތަކަކާ ދިމާއަށް ރާއްޖެ ގެންދިއުން ކަމަށެވެ.
ދާރުލް އާސާރުގައި ރިސެޕްޝަން ބޭއްވުމާމެދު ބައެއް ފަރާތްތަކުގެ ހިތް ނުތަނަވަސްވެފައިވާތީ ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން އެއްވެސް ކަހަލަ ގެއްލުމެއް ލިބޭނެ ކަމަށް ވިސްނިވަޑައިގެންފައި އޮތްނަމަ ދާރުލް އާސާރުގައި އެ ހަފްލާ ނުބޭއްވާވަނެ ކަމަށާއި ދާރުލް އާސާރު ފަދަ ތަންތަނަކީ ހަމައެކަނި އާސާރީ ތަކެތި ރައްކާކުރާ ތަނަކަށް ވެގެން ނުވާނެ ކަމަށެވެ.
ސަރުކާރަށް މުހިންމީ ރިޔާސީ އިންތިހާބު އޮމާންކަމާއެކު ބޭއްވުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ