ރާއްޖޭގައި ކަރަންޓްގެ ސަބްސިޑީ ލިބެނީ ސަބްސިޑީ ބޭނުންވާ މީހާއަށް ނޫން ކަމަށާއި ކަރަންޓް ސަބްސިޑީ ލިބޭނީ ކަރަންޓް ބިލު ދެއްކޭ، ފޯރުންތެރިކަން ހުރި މީހުންނަށް ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
"ކޮންމެހެން [ސަބްސިޑީ] ދޭންޖެހޭ މީހުންނަކަށް ނޫން. [ކަރަންޓް ސަބްސިޑީ ލިބެނީ] ރަނގަޅަށް ބިލްތަކާ އެއްޗެހި ދެއްކޭވަރުގެ، ފޯރުންތެރިކަން ހުރި މީހުންނަ ށްވެސް މިއަދު އަޅުގަނޑުމެން ސަބްސިޑީ ދެމުން މިދަނީ. އެއްވެސް ޤައުމެއްގައި އެކަން އޮންނަ ގޮތެއް ނޫން އެއީކީ." ރައީސް ވިދާޅުވި އެވެ.
ރ. އަތޮޅު ދަތުރުފުޅުގައި ރައީސް ވިދާޅުވީ ހުރިހާ ގައުމެއްގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ނިކަމެތިންނަށް ސަބްސިޑީ ދޭ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި ސަބްސިޑީތައް ރޭވިފައި ހުރީ އެހެން ނޫން ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓް ސަބްސިޑީގެ ކަންކަމަށް މިހާރަށްވުރެ ރަނގަޅު އިންތިޒާމެއް ރާވައި ބޭކާރުވެގެންދާ ބައި ކުޑަކޮށްލައި ލިބެންޖެހޭ ހަގީގީ ފަރާތްތަކަށް ސަބްސިޑީ ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ކުންފުނިތަކެއް ހަދައި، އެ ކުންފުނިތަކުގެ ބައިވަރު ބޯޑު މެންބަރުތަކެއްލައި، ކުންފުނިތަކުން ދައްކާހާ ތެޔޮ ބިލަކަށް ދައުލަތުން ފައިސާ ދައްކާ ގޮތަށް [އޮތީ] ވީމާ، އެ ދައްކާ ފައިސާއަކީ އެއީ ޙަޤީޤަތުގައި އެކަމަށްދާ ޚަރަދު ކަމެއްވެސް، އެ ބިލްގެ ޚަރަދު ކަމެއްވެސް ނޭނގެ. އެކަން އެއަށްވުރެ މާ ރަނގަޅަށް ކުރެވޭނެ ކަމުގެ ދަލީލުތައް މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ،"
ކަރަންޓް ސަބްސިޑީ ދެވެނީ ބޭނުންވާ މީހާއަކަށް ނޫން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ