ބޯޓަކުން ދެ ކިލޯ ޑްރަގް ހޯދައި، ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލައިފި
މިދިޔަ ޑިސެމްބަރު މަހު ބ. ވައްކަރަށް ދިޔަ އެސްޓީއޯގެ ބޯޓަކުން ދެ ކިލޯގެ މަސްތުވާތަކެތި ހޯދައި، ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ވައްކަރަށް ހިލަ އާއި ހިލަވެލި ހިފައިގެންދިޔަ އެ ބޯޓުން ޑްރަގް ފެނުނު މައްސަލާގައި އުމުރުން 27 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު ކޯޓުން މިއަދު ދޫކޮށްލީ އުމުރުން 47 އަހަރުގެ މީހާ އެވެ. ރ. ރަސްގެތީމަށް ނިސްބަތްވާ މަހްމޫދު ނަމަކަށް ކިޔާ އެ މީހާއަކީ އެ ބޯޓުގެ މުވައްޒަފެކެވެ. މަހްމޫދު ދޫކޮށްލިޔަސް އެ މައްސަލާގައި ދެން ހައްޔަރުކުރި މީހާ އަދިވެސް ހުރީ ބަންދުގައި ކަމަށް ވަނީ އެނގިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ