އެކްސިޑެންޓެއްގައި އަނިޔާވެގެން މެމްބަރު ޔާސިރަށް ފަރުވާ ދެނީ

އެކްސިޑެންޓުވެ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި ޔާސިރު އެކްސިޑެންޓުވީ ސިނަމާލޭ ބްރިޖު ނިމި، ހައިވޭއާ ގުޅޭ ހިސާބު ޓްރެފިކް ލައިޓާ ހަމައިންނެވެ. ޓްރެފިކް ލައިޓު ކައިރިން، ޔާސިރުގެ ސައިކަލު ކަހާލައި އޭނާ ވެއްޓިފައި އޮއްވާ ފަހަތުން އައި ސައިކަލެއް ކޮންޓްރޯލު ނުވެ އޭނާގެ ގައިމަތިން ލާފައި ދިޔަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު "ސަން"އަށް ވިދާޅުވީ، ޔާސިރުގެ މޭ ކަށިގަނޑުގެ ހަތަރު ވަރަކަށް ތަނުން ރެނދު ލާފައިވާ ކަމަށް އެކްސްރޭއިން ދައްކާ ކަމަށެވެ. އަދި އޭނާގެ ދަތްދޮޅި ފަޅައިގެން ދިޔުމުގެ އިތުރުން، މޫނާއި އުޅަނބޮއްޓާއި، ގައިގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. ޔާސިރަށް މިހާރު ފަރުވާ ދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ