ދީނަށް ފުރައްސާރަކުރާ ބައެއްގެ އަމަލު ކުށްވެރިކުރަން ނަޝީދު ފަސްޖެހެނީ ކީއްވެ: ސައީދު

ސިލްސިލާ ގޮތެއްގައި ދީނަށް ފުރައްސާރަކުރާ މީހުންގެ އަމަލުތައް ކުށްވެރިކުރަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދު ފަސްޖެހިވަޑައިގަންނަވާ ސަބަބު އޮޅުންފިލުވައިދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ނަޝީދުގެ ކިބައިން އެދިވަޑައިގެންފިއެވެ.ސަޢީދު ކުރެއްވި ޓްވީޓެއްގައި ނަޝީދާއި މިގޮތަށް ސުވާލު ކުރައްވާފައި މިވަނީ، ރާއްޖޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)ގެ ނަމުގައި ހިންގަމުން އަންނަ ޖަމިއްޔާ އިން، އިސްލާމް ދީނާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓުގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ނަޝީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.ސަޢީދު މި ޓްވީޓު ކުރައްވާފައި ވަނީ، އެމްޑީއެންގެ އަމަލު ކުށްވެރި ކުރުމުގެ ބަދަލުގައި، ސިޔާސީ ފުރުސަތު ހޯދުމަށް އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެންމެ ބޮޑަށް އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށް ނަޝީދުވި ވިދާޅުވުމަށް އިޝާރާތް ކުރައްވަމުންނެވެ."ސިޔާސީ ފުރުސަތު ހޯދުމަށް، އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ އޭ ބުނާއިރު، ސިލްސިލާ ގޮތެއްގައި ދީނަށް ފުރައްސާރަކުރާ ބައެއްގެ އަމަލު ރައީސް ނަޝީދު ކުށްވެރި ކުރަން ފަސްޖެހިވަޑައިގަންނަވަނީ ކީއްވެތޯ؟" ރައީސް ނަޝީދު ޓެގުކުރައްވައި ސަޢީދު ކުރެއްވި ޓްވީޓުގައި ވެއެވެ.އެމްޑީއެން ރިޕޯޓުގެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދު އެކަން ކުއްވެރިކުރައްވާފައި ނުވީނަމަވެސް، އެ ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ)އަށް ވަރަށްބޮޑަށް ފާޑުކިއުން އަމާޒުކޮށްފައި ވުމުން އެކަމަށް ގިނަ ބައެއްގެ ނުރުހުންވުން ދަނީ އަމާޒުވަމުންނެވެ.ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މައްސަލަ ބޮޑުވަނީ ދީނުގެ ކަންކަން އޮންނަ ގޮތުން ކަމަށް ދޭހަވާފަދަ ވާހަކަތައް އެރިޕޯޓުގައި ހިމަނާފައި ވެއެވެ. އަދި ރަސޫލާގެ ސުންނަތުންނާއި ޤުރުއާނުން ހާމަވާ ބައެއް ކަންކަމާއި މެދު އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.މިކަމާ ގުޅިގެން އެތައް ދިވެހި ރައްޔިތުންނެއް އަދި ދީނީ އިލްމުވެރިންނެއް އަންނަނީ އެމްޑީއެން އަށް ފާޑުކިޔައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ