ލައިސެންސް ނެތް މީހަކު ދުއްވި ކާރެއް އެކްސިޑެންޓުވެ ސައިކަލުތަކަކަށް ގެއްލުންވެއްޖެ

ކާރު ދުއްވުމުގެ ލައިސެންސް ނެތް މީހަކު ދުއްވި ކާރެއް އެކްސިޑެންޓުވެ، ޕާކު ކޮށްފައިހުރި ސައިކަލު ތަކަކަށް ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ މިރޭ 6:50 އެހާކަންހާއިރު ހުޅުމާލެ ފެރީ ޓާމިނަލު ކައިރިން ދިޔަ ކާރެއް ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ކާރަށާއި އެ ސަރަހައްދުގައި ޕާކު ކޮށްފައިހުރި ހަތް ސައިކަލަކަށް އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުވި ވަގުތު ކާރު ދުއްވަން އިނީ 26 އަހަރުގެ މީހެއް ކަމަށެވެ. ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ