އަންހެނުންގެ ކޮމިޓީން ބާއްވާ ހާއްސަ ލައިފް ސްކިލްސް ސެޝަނެއް މާދަމާ ހަވީރު

މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން އަށާރަ އަހަރުން މަތީގެ އަންހެން ބޭކަނބަލުންނަށް ހާއްސަ ސެޝަނެއް މާދަމާ ހަވީރު ކުރިއަށް ގެންދަން ނިންމައިފިއެވެ.
 
"ދިރިއުޅުމުގައި ހުސް މައްސަލަ، ހައްލެއް ހަމަ ނެތީތަ؟" މި މަޢުޟޫއުއަށް ކުރިއަށް ގެންދާ ސިލްސިލާ ލައިފް ސްކިލްސް ގަޑީގެ ފުރަތަމަ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައި މީދޫ އަންހެނުންގެ އިޖުތިމާޢީ މަރުކަޒުގައެވެ. މިއީ އެ ކޮމިޓީން ބާއްވާ މިފަދަ ފުރަތަމަ ސެޝަންކަން ފާހަގަކޮށްލެވެއެވެ.
 
މި ސެޝަންގައި ބައިވެރިވެލެއްވުމަށް ބޭނުންވާ އަށާރަ އަހަރުން މަތީގެ އަންހެން ކަނބަލުން 7427706 ނުވަތަ 7988784އަށް ގުޅުއްވުމަށް އެ ކޮމިޓީން އެދިލައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ