ސުޕްރީމް ކޯޓަށް ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
ހުސްވެފައިވާ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛު ހުސްނުއްސުޢޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. ސުއޫދު އައްޔަން ކުރުން ރުހުން ދިނުމަށް ފާސްކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 64 އަޣުލަބިއްޔަތުންނެވެ. ސުއޫދަށް ރުހުން ދިނުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ. ހުސްނުއްސުޢޫދުގެ ނަންފުލާމެދު ގޮތެއްނިންމުމަށް މަޖުލިހުގެ ތަޅުމަށް ހުށަހެޅުމުން އިދިކޮޅުފަރާތުން މިނަންފުޅާ ދެކޮޅަށްވަނީ ވާހަކަ ދައްކަވާފައެވެ. އެބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމަކީ ސުޢޫދަކީ ވަރަށް ބޮޑަށް ސީޔާސީ ބޭފުޅެއްގެ ގޮތުގައި އުޅެފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ