ކުރީގެ ޑެޕިއުޓީ މޭޔަރު ސުޖާއުގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމްކޮށްފި
މާލެ ސިޓީ ކައުންސިލުގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހީމް ސުޖާއު (ކާޓިއުންސް ސުޖާ)ގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ އަލުން ކުރިމިނަލް ކޯޓުގައި ބެލުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.ޝުޖާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ދައުވާކުރީ، މާލޭގެ ޕްލޭނިން ގަވާއިދާ އެއްގޮތަށް 250 އަކަފޫޓުގެ ބިމުގައި އިމާރަތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަމަށް ވިޔަސް، 12 މީޓަރަށް އިމާރާތެއް އެޅުމަށް ޖެނުއަރީ 15، 2014 ގައި އޭނާ ސޮއިކުރައްވައި، އިމާރާތުގެ ކުރެހުން ފާސްކުރި ކަމުގެ ލިޔުމާއި އިމާރާތް ކުރުމުގެ ހުއްދަ މީހަކަށް ދިނުމުންނެވެ.ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވީ، ޝުޖާއު ކުށް ކުރި ކަމަށް ބުނާ ތާރީހުގެ ކުރިން މާލޭ ޕްލޭނިން ގަވައިދު އާންމުކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންވެ، އޭނާގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި ޝަރީއަތް ފެށުމުގެ ކުރިން މައްސަލަ ބޭރުކޮށްލީ އެވެ. ގާނޫނެއް ނުވަތަ ގަވައިދެއްގެ ދަށުން މީހަކަށް އަދަބެއް ދެވޭނީ އެ ގަވައިދެއް އާންމުކޮށް ޝާއިއުކޮށްފައިވާ ނަމަ ކަމަށް ގާނޫނު އަސާސީގެ 61 ވަނަ މާއްދާގައިވެ އެވެ.ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ޝުޖާއުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައި ވަނީ، ޕްލޭނިން ގަވައިދާ ހިލާފުވެ އޭނާ ކުށް ކުރި ކަމަށް ބުނާ އިރު، ޕްލޭނިން ގަވައިދަކީ އޭނާ ކުށް ކުރި ކަމަށް ބުނާ ތާރީހުގެ މާ ފަހުން ޖޫން 11، 2014 ގައި ގެޒެޓު ކުރި ގަވައިދެއް ކަމަށެވެ.ނަމަވެސް މި މައްސަލައިގައި ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ވަނީ އަލުން އެ މައްސަލަ ކުރިމިނަލް ކޯޓުން ބެލުމަށް ހުކުމްކޮށްފައެވެ.އެގޮތުން މި ހުކުމްކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އަޣުލަބިއްޔަތުންނެވެ.މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔު ވަނީ އަނެއް ދެ ފަނޑިޔާރުންގެ ރައުޔާ ތަފާތުވެފައެވެ. އެގޮތުން ޝަހީދުގެ ރައުޔުގައި އޭނާ ނިންމަވާފައިވަނީ މި މައްސަލަ ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށެވެ.އަދި އެމައްސަލަ އަލުން ކްރިމަނަލް ކޯޓުގެ މައްޗަށް ބެލުމަށް ހައި ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ